ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންގްރެސް ނިމޭއިރު ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ދީ، ފާސްކުރުން މުހިންމު: ހީނާ

"މަތީ މަޖިލިސް" ޕީއެންސީ ކޮންގްރެސްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ކުރިޔަށް ދާ ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަމުގެ އިތުރު ދައުރެއް ދިނުމަށް ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ނިމި ފާސްވެފައި އޮތުން މުހިންމުކަމަށް ހެރިޓޭޖް މިނިސްޓަރ ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ،

ރައީސް މުއިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށްޓަކައި ޕްރައިމެރީއަކާއި ނުލައި ޕީއެންސީގެ ޓިކެޓު ދިނުމަށް މިހާރު ކުރިޔަށް ދާ ޕާޓީގެ މަތީ މަޖިލިސް ކޮންގްރެސްއަށް ވަނީ ހުށަހަޅާފަ އެވެ.

މި ގަރާރަށް ތާއީދު ކުރައްވައި، ސަރުކާރުގެ އިސް ތަރުޖަމާނުކަން ވެސް ކުރައްވާފައިވާ ހީނާ ވިދާޅުވީ، މިއަދު ހިނގަމުންދާ މި ސެޝަނަކީ މި ކޮންގްރެސްގައި އެންމެ މުހިންމު ވާހަކަތަކެއް ދެކެވޭ ވަގުތު ކަމަށެވެ. އަދި ޕާޓީގެ ފަރާތުން މިފަދަ ބޮޑު ކޮންގްރެސެއް ބާއްވާ ނިމިގެންދާއިރު، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ ނިންމުމަކީ ކޮންމެހެންވެސް ނިމި، ފާސްވެފައި އޮންނަންޖެހޭނެ ނިންމުމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެގޮތުން، ކޮންގްރެސްގެ މާލަމަށް ޢަބްދުﷲ އިބްރާހިމް ހުށަހެޅުއްވި ޤަރާރުގައި ހިމެނޭ ހުރިހާ ނުކުތާތަކަކީ އެކަމަނާވެސް ފާހަގަކުރައްވަން ބޭނުންފުޅުވި ވާހަކަތައް ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މި މައުޟޫޢުގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންގެ ވާހަކަތަކަށް ތާއީދުކުރައްވަމުން، އެ ހުށަހެޅުނު ޤަރާރަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރެއްވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ، 2028 ވަނަ އަހަރު ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދައި ދިނުމަށް ޕާޓީގެ ހުރިހާ މެންބަރުންނާއި އެންމެން އެކަތިގަނޑެއްގެ ގޮތުގައި، ބަދަހިކަމާއެކު މަސައްކަތް ކުރަން ޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: