ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑާޝިޕުން މަގާމުތަކަށް އައްޔަންކުރައްވާފައިވާ ބޭފުޅުންނާއި މެމްބަރުންގެ މަޖިލީހުން އެކުލަވާލި ކޮމިޓީތަކުގެ ބޭފުޅުން އިގުރާރުވެވަޑައިގެންފިއެވެ.
ޕީއެންސީގެ ކޮންގްރެސްގައި ލީޑާޝިޕްއަށް ކޮންގްރެސްގައި ލީޑާޝިޕުން މަގާމުތަކަށް އައްޔަންކުރައްވާފައިވާ ބޭފުޅުންނާއި މެމްބަރުންގެ މަޖިލީހުން އެކުލަވާލި ތިން ކޮމިޓީއެއްގެ މެމްބަރުންނާއި ހާއްސަ އަދި ގައުމީ ފެންވަރުގެ ކޮމިޓީތަކުގެ ރައީސުންނަށް އިގުރާރު ލައިދެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންއެވެ. އަދި އިގްރާރު ޝަރަފުވެރިކޮށްދެއްވީ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ދަންފަޅީގައި އިގުރާރުވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ޕާޓީގެ ސްޕޯކްސް ޕާސަން ފިރުޒުލް ހަލީލް އާއި ރަޖިސްޓްރާ މިނިސްޓަރު އިސްމާއިލް ޝަފީއު ވެސް ހިމެނެއެވެ.
މެމްބަރުންގެ ކަންތައް ބަލަހައްޓާ ކޮމިޓީއަށް އައްޔަންކުރެއްވި ތިން ބޭފުޅުން:
- ރަޖިސްޓްރާ އިސްމާއިލް ޝަފީއު
- ޑެޕިއުޓީ ރަޖިސްޓްރާ އަހުމަދު ހަމްދާން ނާސިރު
- އެމްޕީ އަހުމަދު އައިފަން
މެމްބަރުންގެ މަޖިލީހަށް ލީޑާޝިޕްގެ މަޝްވަރާގެ މަތިން ރައީސް ކަނޑައެޅުއްވި ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ ފަސް މެމްބަރުން:
- މިނިސްޓަރު އާޒިމާ ޝަކޫރު
- މިނިސްޓާ އަހުމަދު ހަބީބް
- ސަފީރު ތޯރިގް އިބްރާހިމް
- ސީއީއޯ މުހައްމަދު ނިމާލް
- ސަފީރު އަހުމަދު މަހްލޫފު
އެމްޑީންނާއި ސީއޯއިންގެ ތެރެއިން ލީޑާޝިޕްގެ މަޝްވަރާގެ މަތިން މެމްބަރުންގެ މަޖިލީހަށް ރައީސް އައްޔަންކުރައްވާ ބޭފުޅުން:
- އެމްޑީ އަހުމަދު ޝަރީފް
- އެމްޑީ އަހުމަދު ނާޒިމް
- އެމްޑީ އަލީ އަޒްވަރު
- އެމްޑީ އައިމިނަތު ޒީނިޔާ
- ސީއީއޯ އައިމިނަތު ޝިރުނާ
ހާއްސަ އަދި ގައުމީ ފެންވަރުގެ ކޮމިޓީތަކުގެ ރައީސުން:
- ގައުމީ ސަލާމަތާއި ދިފާއީ ކަންކަމާ ބެހޭ ކޮމިޓީގެ ރައީސް މިނިސްޓަރު ހަސަން ރަޝީދު
- ހާރިޖީ ކަންކަމާ ބެހޭ ކޮމިޓީގެ ރައީސް އިރުތިޝާމް އާދަމް
- ދާހިލީ ކަންކަމާ ބެހޭ ކޮމިޓީގެ ރައީސް މިނިސްޓަރު އަލީ އިހުސާން
- މާލީ ކަންކަމާ ބެހޭ ކޮމިޓީގެ ރައީސް، މިނިސްޓަރު ހަސަން ޒަަރީރު
- ގާނޫނީ ކަންކަމާ ބެހޭ ކޮމިޓީގެ ރައީސް މިިނިސްޓަރު ހިޝާމް ވަޖީހު
- މީޑިއާއާ ބެހޭ ކޮމިޓީގެ ރައީސް މިނިސްޓަރު އިބްރާހިމް ހަލީލް
- ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު މިނިސްޓަރު އަހުމަދު ނަރީޝް
- ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ ކޮމިޓީގެ ރައީސް މިނިސްޓަރު އާދަމް ނަސީރު
- ފަތުރުވެރިކަމާ ބެހޭ ކޮމިޓީގެ ރައީސް އަލައިކާ އަދުނާން
- ލާމަރުކަޒީ ކޮމިޓީގެ ރައީސް އަހުމަދު ހަމްދާން ނާސިރު
އެ ބޭފުޅުންގެ އިތުރުން، އިސްރަށްވެހިންގެ ހަރަކާތުގެ 11 މެމްބަރުންނާއި އަންހެނުންގެ ހަރަކާތުގައި ހިމެނޭ އިތުރު 11 މެމްބަރުންނާއި ޒުވާނުންގެ ހަރަކާތުގެ ހިމެނޭ އިތުރު 11 މެމްބަރުންނާއި އިންތިހާބީ ކޮމިޓީގެ ރައީސް ފުއާދު ތައުފީގާއި ދީނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝަހީމް އާއި އެ މަޖިލީހުގެ އެހެން ބޭފުޅުން ވެސް ވަނީ އިގުރާރުވެވަޑައިގެންފައެވެ.

