ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓަށް ނުބައްލަވައި، އުނދަގޫ ނިންމުންތައް ރައީސް ނިންމަވަނީ ރައްޔިތުންގެ ހައްގުގައި: ފަލާހު

ކޮންގްރެސްގެ މަތީ މަޖިލިހީހުގެ ފުރަތަމަ ދަންފަޅީގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯޓު ނުލިބުނު ނަމަވެސް، އުނދަގޫ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ހަމައެކަނި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ ހާއްސަ ދަންފަޅީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޓިކެޓު އެރުވުމަށް ހުށައެޅުނު ގަރާރަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ، ޕަޓީއެއްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ އެ ގައުމެއްގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ފުރުސަތު ހޯދާ ރައްޔިތުންނަށް ހިދުމަތް ކުރަން މަސައްކަތް ކުރުން ކަމަށެވެ. ފަލާހު ވިދާޅުވީ ޕީއެންސީއަކީ ފެށުނު އިރު ކުޑަ ޕާޓީއެއް ކަމަށާއި، އެހެންނަމަވެސް ލިބުނު ކެންޑިޑޭޓަކާއެކު ޕާޓީން ނުކުމެ މަސައްކަތް ކުރިއިރު، މިއީ ރާއްޖޭގެ ރިޔާސަތު ބަލަހައްޓަން އެންމެ ރަނގަޅު ކެނޑިޑޭޓު ކަމަށެވެ.

ފަލާހު ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން އުފާކުރާ ކަމަށާއި، އެކަމުގައި އެއްވެސް ޝައްކެތްވެސް ނެތް ކަމަށެވެ. ރައްޔިތުން އުފާކުރާ މައިގަނޑު ސަބަބަކީ ރައްޔިތުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ލީ ވޯޓަކީ ނިންމުނު ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ފަލާހު ވިދާޅުވިއެވެ. ދިވެހި ރައްޔިތުން އެދުނު ގޮތަށް ރަނުން ރަނަށް މި ދައުރުގެ ތެރޭގައި ހުރިހާ ވައުދެއް ފުއްދުމަށްޓަކައި މަސައްކަތް ކުރައްވާ އަދި އޭގެން ބޮޑު ފަސެންޓެއް ފުއްދިފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

”ރައްޔިތުންގެ މަޖިލީހަށް ބަލާނަމަ ރައްޔިތުންގެ މަޖިލީހަކީ ގައުމުގެ ހުރިހާ ރައްޔިތުންނަށް ހެވާ ލާބަޔާ މަންފާވާ ހުރިހާ ގާނޫނުތަކެއް މި ހަދަނީ ރައްޔިތުންގެ މަޖިލީހުން. މިއަދާ ހަމައަށް ރައްޔިތުންގެ މަޖިލީހަށް 2 އަހަރު ވެގެން ދާއިރުގައި، މިހާ ހިސާބަށް ރައްޔިތުންގެ މަޖިލީހުގައި ހެދިފައި ހުރި ގާނޫނުތަކާއި އަދި މިހާރު ހެދިފައިވާ ގާނޫނުތަކަށް ނަޒަރު ހިންގާލައިފިނަމަ އެކި ކަންކަމަށް ހައްލުތައް ގެނައުމަށް ރައީސް ކުރައްވާފައިވާ މަސައްކަތް ފެންނާނެ“

ފަލާހު ވިދާޅުވީ ބައެއް އިސްލާހުތަކަކީ ގެނައުމުގައި ވަރަށް ބޮޑެތި ކަންބޮޑުވުން ބައެއް ރައްޔިތުންގެސް ވެސް ހުންނާނެ ގާނޫނުތައް ނުވަތަ އިސްލާހުތައް ކަމަށާއި އެހެންނަަމަވެސް ހުރިހާ ރައްޔިތުންގެ ފައިދާއަށް މިކަން ކުރުން މުހިންމު ކަމަށެވެ. ކޮންމެ ރައްޔިތަކަށް ހެވާ ފައިދާ އަކީ އެއީ މުހިންމު ކަމެއް ކަމަށާއި، ކުރާ ކަމަކުން ރައީސްއަށް އަދި ވޯޓެއް ނުލިބުނު ނަމަވެސް ރައްޔިތުންނަށް ރަނގަޅު ގޮތެއް ވުމަކީ ރައީސްގެ ވިސްނުންފުޅު ކަމަށް ފަލާހު ވިދާޅުވިއެވެ.

ޕީޖީ ލީޑަރު އިތުރަށް ވިދާޅުވީ ރައީސްއަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ރައްޔިތުންނަށް ނުވަތަ ގައުމަށް ރަނގަޅު ގޮތް ހޯދައި ދެވޭނީ އެކަން އެ މަގުން ކޮށްގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: