ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭން ޖެހެނީ ކެތްތެރިކަމާއެކު ކޮންމެ ރައްޔިތެއްގެ ވާހަކަ އަޑުއައްސަވާތީ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދެއްވަން ޖެހެނީ އެމަނިކުފާނަކީ ކެތްތެރިކަމާއެކު ކޮންމެ ރައްޔިތެއްގެ ވާހަކަ ވެސް އަޑުއައްސަވާ ރައީސަކަށް ވާތީ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީއެންސީގެ މަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ތާއީދުކުރައްވައި، ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ، އެމަނިކުފާނަކީ ކެތްތެރިކަމާއެކު ކޮންމެ ރައްޔިތެއްގެ ވާހަކަ ވެސް އަޑުއައްސަވާ ރައީސަކަށް ވާތީ ދެވަނަ ދައުރެއް ދެއްވަންޖެހޭ ކަމަށެވެ.

ދެވަނަ ދައުރެއް ދެއްވަންޖެހޭ އިތުރު ސަބަބުތައް ކިޔައިދެއްވަމުން ޝުޖާއު ވިދާޅުވީ، ރާއްޖޭގައި ގިސޯސް ހިފާނެކަން އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އެއީ މި ގައުމުގެ ވެރިކަން ކުރި އެއްވެސް ރައީސަކަށް ކުރަން ކެރުނު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން އެމަނިކުފާނު ނިންމަވާފައިވާތީ ވެސް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުލިބިއްޖެނަމަ ވަރަށް ހިތާމައިގައި އުޅެންޖެހޭނެ ކަމަށާއި އެންމެން ”ހެޕީކޮށް“ އުޅެން ބޭނުންނަމަ އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މިއަދު ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒަށް ޕްރައިމަރީއަކާ ނުލައި ޕީއެންސީގެ ރިޔާސީ ޓިކެޓު ދިނުމަށް ނިންމީ ކޮންގްރެސްގައި ބައިވެރިވި 1119 މަންދޫބުންގެ އިއްތިފާގުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: