ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޓީގެ ލަފާ ސަރުކާރުން ބަލައިގަންނާނެ: މަޖިލިސް ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ލަފަ އާއި އިރުޝާދު ސަރުކާރުންބަލައިގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މަޓީ އާއި ސަރުކާރާ ދެމެދު ބޮޑު ހިޔާލު ތަފާތުވުންތައް އުފެދި ދެފަރާތުންވެސް ބަހުގެ ޙަމަލާތަކެއް ބަދަލުކޮށްފައި ދަނޑިވަޅެއްގައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ކޮވިޑް-19 ގެ ސަބަބުން ގެއްލުންވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި އިގްތިސާދީ އެހީގެ ޕެކޭޖްގެ ފައިދާ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަށް ނުލިބޭނެ ކަމަށް މަޓީން ވަނީ ބުނެފައެވެ.

މަޓީން ނެރުނު ބަޔާނެއް ބުނެފައިވަނީ ސަރުކާރުން އިއުލާންކުރި އިގްތިސާދީ އެހީގެ ޕެކޭޖް ކަނޑައެޅީ އެ ޖަމިއްޔާއާ މަޝްވަރާ ނުކޮށް ކަމަށެވެ. އަދި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާ އިން ކަމަށް ވާއިރު، ސަރުކާރުގެ އެހީގެ ޕެކޭޖް ކަނޑައަޅާފައިވަނީ ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ މަޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށްވެސް ބުނެފައިވެއެވެ.

މަޓީގެ އެވާހަކަރައް ރައްދު ދެއްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ ޕެކޭޖް ކަނޑައެޅީ  މަޝްވަރާ ނުކޮށް ކަމަށް ބުނެ މަޓީން ނެރުނު ބަޔާނަކީ ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރުގެ ޕެކޭޖްތައް ތައާރްފްކުރީ ވެސް އެ މަޝްވަރާތަކުގައި މަޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ދެއްވި ލަފާ ވެސް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މަޓީއާ ސަރުކާރާއި ދެމެދު ޚިޔާލުތަފާތުވެފައި ވަނިކޮށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސަރުކާރުން މަޓީ އަދި އެހެން ހުރިހާ ވިޔަފާރިތަކެއްގެ ވެސް ހެޔޮ ލަފަ އާއި އިރުޝާދު ބަލައިގަންނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވިޔަފާރިވެރިންނަކީ ގައުމީ ތަރައްގީގެ ބޮޑެތި ހިއްސާދާރުން ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރިސޯޓްތައް ބަންދުކުރަން ޖެހި ޓޫރިޒަމް ދާއިރާގެ 11،000 އަށް ވުރެ ގިނަ މުވައްޒަފުން މުސާރަ ނުލިބޭ ގޮތަށް ދިގު މުއްދަތަކަށް ޗުއްޓީއަށް ދާން ޖެހުނުއިރު، މުސާރަތައް ބައެއް ރިސޯޓްތަކުން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: