ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: އިތުރު 86 މީހަކު ޕޮޒިޓިވްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހަށް އިތުރު   86 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައިވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

މި ގޮތުން އެ އޭޖެންސީން ބުނީ، ކޮރޯނާ ވައިރަހަށް 86 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެތެރޭގައި ދިވެހި 14 މީހަކުވެސް ހިމެނޭކަމަށެވެ.

މީގެ އިތުރުން މިއަދު ޕޮޒިޓިވްވެފައިވަނީ، ބަންގްލަދޭޝްގެ 67 މީހުންނާއި، އިންޑިއާގެ 03 މީހަކާއި، ނޭޕާލުގެ މީހެއްގެ އިތުރުން، ލަންކާ މީހެއްކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

މި 86 މީހުންނާއެކު ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ، 734 އަށް އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: