ރާއްޖޭން ކޮވިޑަށް އިތުރު ބަޔަކު ޕޮޒިޓިވްވެ ބަި ޖެހުނު މީހުންގެ އަދަދު 744 އަށް އަރައިފި އެވެ.
އެޗްޕީއޭއިން މިރޭ ބުނީ އިތުރު ދިހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހުންނެވެ.
މީގެ އިތުރުން މިއަދު ހަވީރު86 މީހަކު ބައްޔަށް ޕޮޒޓިވް ވިއެވެ. އެއީ ބަންގްލަދޭޝްގެ 67 މީހަކާއި 14 ދިވެހިންގެ އިތުރުން އިންޑިއާގެ ތިން މީހަކާއި ސްރީ ލަންކާ އާއި ނޭޕާލްގެ މީހެކެވެ. އެހެން ކަމުން މިއަދުގެ އަދަދު ވަނީ 96 އަށް އަރާފައެވެ.

