ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަގަނޑު ސްޓްރަކްޗާއިން ޕީއެޗްޑީ ނެގިޔަސް ނުވާނެ، ދައުލަތް ހިންގަން ރޯފިލަން ޖެހޭ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަމަށް ގެންނަންވާނީ ދައުލަތް ހިންގުމާއި ގާނޫނީ ކަންކަމަށް ރޯފިލާފައިވާ، ގާބިލު ބޭފުޅެއް ކަމަށާއި، ވެރިކަން ކުރުމަކީ ހަމައެކަނި ދަގަނޑު ސްޓްރަކްޗަރ ދާއިރާއިން ޕީއެޗްޑީ ހާސިލުކޮށްގެން ވާނެކަމެއް ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމެއްގައި ވެރިކަމުގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރާ ނަމަ، ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭ މުހިންމު ދާއިރާތަކަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ. އަދި ދިވެހިން އެދޭ ފަދަ އުޖާލާ މުސްތަގުބަލެއް ހޯދުމަށާއި، ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމަށްޓަކައި، ވެރިކަމަށް އިންތިހާބުކުރަން ވާނީ ދައުލަތް ހިންގުމުގެ ހަގީގީ ވިސްނުން ހުރި ”ރޯފިލާފައިވާ“ ވެރިއެއްކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ވެރިކަމަށް އެކަށޭނަ މީހަކަށް ވުމަކީ ހަމައެކަނި ވަކި ޓެކްނިކަލް ރޮނގަކުން ކުރިއަރައި ނުވަތަ ޕީއެޗްޑީ ހާސިލުކޮށްފައިވިމެއް ނޫނެވެ. އޭގެ ބަދަލުގައި ޤާނޫނުއަސާސީއާއި، ދައުލަތުގެ ބާރުތައް ބެހިގެންވާ ގޮތާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހިނގާ ގޮތް ފަދަ ވެރިކަމުގެ މައިގަނޑު އަސާސްތައް އެނގިވަޑައިގަންނަވަން ޖެހޭނެކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމެރިކާގެ ކޮންގްރެސް އާއި ސެނެޓުގައި ވެސް ގިނައިން ތިއްބަވަނީ ގާނޫނީ ދާއިރާގެ ބޭފުޅުން ކަމަށެވެ. އެގޮތުން ބަރަކް އޮބާމާ، މިޝެލް އޮބާމާ، ބިލް ކްލިންޓަން އަދި ހިލަރީ ކްލިންޓަން ފަދަ ލީޑަރުންނަކީ ވެސް ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ކަމަށެވެ. މިފަދަ ބޭފުޅުން ވެރިކަމަށް ވަޑައިގަންނަވަނީ، އަދި ކުރިމަތިލަނީ ވެސް ދައުލަތުގެ ހިންގުމުގެ ނިޒާމަށް ފުރިހަމައަށް ރޯފިލައި ތިބިގެންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެކަމަކު ރޯފިލާފައި ހުރި މީހަކު ރައީސްކަމަށް ލައްޗޭ. އެހެންވީމާ ރޯފިލާފައި ހުރުމުގެ ތެރޭގައި، ރޯފިލާފައި ހުރުމުގެ ތެރޭގައި އިނގޭތޯ، ރޯފިލާފު ހުރުމުގެ ތެރޭގައި ހުންނާނެ ހަމައެކަނި ދަގަނޑު ސްޓްރަކްޗަރު ހަދައިގެން ޕީއެޗްޑީ ނެގުމެއް ނޫން… ގާނޫނާއި ދައުލަތް ހިނގާ ގޮތާއި، ދައުލަތުގެ ބާރުތައް އޮތް ގޮތާއި، ރައްޔިތުންގެ މަޖިލިސް ހިނގާ ގޮތާ މި ކަންކަމަށް އަހުލުވެރި މީހަކަށް ވާންވާނެ… އެއީ ރޯފިލުމަކީ ދިވެހިރާއްޖޭގެ ނޫނީ ދުނިޔޭގެ އެއްވެސް ތަނެއްގައި ގަވަނަންސްގެ އެންމެ މަތީ މަރުހަލާގައި އުޅެން ބޭނުންވާކަމަށް ވަންޏާ މި ދާއިރާތައް އެނގެންވާނެ..

މީގެއިތުރުން، ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް އަމާޒުކޮށް ރައީސް ޔާމީން ވިދާޅުވީ މިއަދު އެގޮތުން ބޭރު ގައުމެއްގެ، ޕާލިމަންޓު ވަފުދެއް ރާއްޖެ އަތުވެއްޖެ ނަމަ، އެ ބޭފުޅުންނާ ސީދާ ވާހަކަދައްކައިލެވޭނެ ފަދަ 10 މެންބަރުން ވެސް މަޖިލީހުން ނުދެއްކޭނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ވެސް އެފަދަ ބައްދަލުވުންތަކުގައި މުއާމަލާތް ނުކުރެވޭނެކަމަށް ވިދާޅުވި އެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: