ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭސިން ސައިކަލަކާއެކު މޫދަށް ވެއްޓި ޒުވާނެއްގެ ހާލު ސީރިއަސް ވެއްޖެ

"ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގައި މޫދަށް ވެއްޓުނު ސައިކަލެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ގަމުގައި ކުރިއަށް ގެންދިޔަ ”ރޭސިން ޗެމްޕިއަންޝިޕް – ލާމު އެޑިޝަން“ ގައި ދުއްވި ސައިކަލެއް ކޮންޓްރޯލުން ނައްޓާލައި މޫދަށް ވެއްޓި ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި ލ. ގަމުގައި ރޭސިން މުބާރާތެއްގެ ތެރެއިން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނައްޓާލައި މޫދަށް ވެއްޓުނުކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 10:00 ހާއިރުއެވެ.

އެ ހާދިސާގައި އަނިޔާވި ޒުވާނާއަށް ފަރުވާދެމުންދަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން އޭނާގެ ބޮލަށް ވަނީ އަނިތާތަކެއް ލިބިފައެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: