ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކޮމްޕްރޮމައިސް ކޮށްގެން ސަރުކާރު ހިސޯރުކުރާކަށް ޖާގައެއް ނުދެވޭނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކޮމްޕްރޮމައިސް ކޮށްގެން ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް، ވައްކަމާއި، ކޮރަޕްޝަނާއި، ހައްދުފަހަނައެޅިމީހުން، ރެކިތިބެ ސަރުކާރު ހިސޯރުކުރަން ޖާގައެއް ނުދެއްވާނެކަމަށެވެ.
މީގެ އިތުރުން ނަޝީދު ވަނީ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަކީ އިޚުލާޞްތެރި ބޭފުޅެއްކަމަށް ވެސް ވިދާޅުވެފައެވެ.
ސީޕީ ޙަމީދު ކޮމްޕްރޮމައިސް ކުރުމާއި ގުޅޭގޮތުން، ރައީޝް ނަޝީދު މި މޭރުމުން ވާހަކަދައްކަވާފައިވާއިރު، މިއީ ކާކަށް ނިސްބަތްކޮށް ދެއްކި ވާހަކައެއްކަމެއް ނޭނގެއެވެ.
މީގެ އިތުރުން ސީޕީ ޙަމީދުކަމަށް ބެލެވޭ މީހެއް ބޭރު ޤައުމެއްގެ ބާރއެއްގައި ހުރިކަމަށް ބުނާ ފޮޓޯތަކެއް ދާދިފަހުން ސޯޝަލމީޑިއާގައިވަނީ ޢާންމުކޮށްފައެވެ. އޭގެފަހުން ހަރުކަށި ޚިޔާލުތަކުގެ ވިސްނުން ހުރި 8 މީހެއްގެ ފައިގާ ފުލުހުން މިހާރުވަނީ ޓެގުވެސް އަޅުވާފައެވެ. އެހެންނަމަވެސް މި ކަންތައްތަކަކީ މި ކަމާއި ގުޅުމެއް އޮތްކަމެއްކަމަކަށް އަދި ސާފެއްނުވެެއެވެ.

