ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ވަކީލުން ބަލިވެ އުޅޭތީ، ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރ. ފުއްގިރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން، ދައުލަތުގެ ވަކީލުން އެދިގެން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ، މާދަމާއަށް ތާވަލުކުރެވިފައިވާ ފުއްގިރި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް ދައުލަތުން އެދިފައިވަނީ އެ މައްސަލައިގައި ހިމެނޭ ދައުލަތުގެ ވަކީލުން އާލާސްކަންފުޅާ އުޅުއްވާތީ އަދި ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ދާންޖެހުމާ ގުޅިގެން ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ނެގުމާއި، މަނީ ލޯންޑާ ކުރެއްވިކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އޮތީ މެދުކެނޑިފައެވެ. ގިނަ ދުވަސްތަކަކަށްފަހު މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރީ މި މަހުގެ 23 ވާ ބުދަ ދުވަހަށެވެ.

މި މައްސަލައިގެ އިތުރުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

އާރަށު މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މަޑުޖެހިފައި އޮތީ، އެ މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަތުމަށް ހައިކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް، އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހުކުމްކޮށްފައެވެ. އެހެންކަމުން އާރަށު މައްސަލައިގެ އަޑުއެހުމެއް ވެސް މި މަހުގެ 29 ވަނަ ދުވަހަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: