ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީގަލް ހިލްސްއަކީ އިތުބާރު ހިފޭ ޑިވެލޮޕަރެއް، ރާއްޖޭގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެ: އަޒާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތާރީހުގައި ވެސް ބޭރުގެ ފަރާތަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓްގެ ގޮތުގައި، އަބޫދާބީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި ”އީގަލް ހިލްސް“ އިން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން އެމެރިކާ ޑޮލަރުގެ މެގާ ޕްރޮޖެކްޓަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ވަރަށް އުންމީދީ މަޝްރޫއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، ރޭވިފައިވާ ގޮތަށް މި މަޝްރޫއު ކުރިއަށް ގޮސްފިނަމަ، މިފަދަ ބިޔަ އިންވެސްޓްމަންޓެއްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި މިއީ ރާއްޖެއަށް އިންތިހާއަށް ބޭނުންވެފައިވާ ބޭރުގެ ފައިސާ އަދި އިންވެސްޓްމަންޓްތައް ލިބި، ވަޒީފާގެ އެތައް އައު ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ޕްރޮޖެކްޓެއްގެ ގޮތުގައި އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ، އީގަލް ހިލްސްއަކީ މެދުއިރުމައްޗާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ، އިތުބާރު ހިފޭ ބައިނަލްއަގުވާމީ ޑިވެލޮޕަރެއް ކަމަށެވެ. އަދި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލާއްބާރަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަވާފައިވާ ގަދަރުވެރި އިންވެސްޓަރެއްކަން ފާހަގަކުރައްވައި، މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށްދާނެކަމުގެ އުންމީދު އެބައޮތްކަމަށް ވިދާޅުވި އެވެ.

”މޯލްޑިވްސް ވޯޓަފްރަންޓް އެންޑް މެރީނާ“ ގެ ނަމުގައި ރަސްމާލޭގައި ތަރައްގީކުރާ މި ބޮޑު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހޯމަ ދުވަހު ޔޫއޭއީގެ ދުބާއީގައި އެކަމަށް ހާއްސަކޮށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ހައުސިން، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މިއީ އެއްވެސް ހާލެއްގައި ކުއްލިއަކަށް ނިންމި ނިންމުމެއް ނޫންކަމަށާއި، މި އެއްެބަސްވުމުގެ ފަހަތުގައި އެތައް ގަޑިއިރެއްގެ ފަންނީ ދިރާސާތަކާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ ތަސައްވުރާ އެއްގޮތަށް މިކަން ބައްޓަންކުރުމަށް އެމަނިކުފާނާއެކު ކުރެވުނު ފުޅާ މަޝްވަރާތައް ހިމެނޭ ކަމަށެވެ.

މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމުން ނެރެވޭ އިގްތިސާދީ މަންފާ މީގެ ކުރިން ދުވަހަކުވެސް ނުލިބޭ މިންވަރަށް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމާއި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ މަތީ އާމްދަނީ ލިބޭ ގައުމަކަށް ހެދުމަށް ރައީސް ގެންގުޅުއްވާ ލަނޑުދަނޑި ހާސިލުކުރުމެވެ.

ޔޫއޭއީގެ ނޫހެއް ކަމަށްވާ ”ދަ ނޭޝަނަލް ނިއުސް“ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓަލްތަކާއި، ލަގްޒަރީ ރިޒޯޓްތަކާއި، ބްރޭންޑެޑް ރެސިޑެންސްތަކުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ވޯޓާފްރަންޓް މަގުތަކާއި، ކެފޭ ރެސްޓޯރެންޓްތަކާއި ވިޔަފާރި މަރުކަޒުތައް އަދި ދުޅަހެޔޮކަމާއި މުނިފޫހިފިލުވުމުގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ.

އީގަލް ހިލްސްއިން އާންމުރި މައުލޫމާތުތަކުގައި ބުނި ގޮތުގައި، އެކި ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާއިރު، މުޅި މަޝްރޫއުގެ ތެރެއިން 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނެވޭނެއެވެ. އަދި އޭގެ ތެރެއިން ސާފު އިންވެސްޓްމަންޓްގެ ގޮތުގައި 18 ބިލިއަން ޑޮލަރު ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް ވަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި 20 ބިލިއަން ޑޮލަރަކީ އެއްފަހަރާ ކުރާ ހަރަދެއް ނޫން ނަމަވެސް، މަރުހަލާތަކަށް ބަހާލައިގެން ކުރެވޭ އިންވެސްޓްމަންޓެކެވެ.

މި މަޝްރޫއު ނިމި ފުރިހަމަވުމުން، ސީދާ އަދި ނުސީދާ ގޮތުން 54,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެކަމަށް ދިވެހި ސަރުކާރުން ލަފާކުރެ އެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް އަހަރަކު އަލަށް 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: