މަހަށް ނުކުމެއުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި އެ ރަށުގެ ޒުވާނަކު މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފީނަން ފޭބުމަށްފަހު އެ ޒުވާނާ ދޯންޏަށް އެރި ފަހުން ހާލު ދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ 15:20 ހާއިރު ކަމަށެވެ.
އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ށ. އަތޮޅުގެ ކަނޑުގެ ސަރަހައްދުގައި ހިނގި އެެ ހާދިސާގައި މަރުވީ ރ، ދުވާފަރު ލިލީމާގެ، އުމުރުން 30 އަހަރުގެ މުހައްމަދު ޝައްފާނެވެ.
ފުލުހުން ބުނީ އެ ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

