ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން އުރީދޫއިން ޑިޖިޓަލް ލިޓަރަސީ އަދި ސްކޭމް އެވެއަނަސް ސެޝަނެއް ބާއްވައިފި

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން އުރީދޫއިން ޑިޖިޓަލް ލިޓަރަސީ އަދި ސްކޭމް އެވެއަނަސް ސެޝަނެއް ބޭއްވުން/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން، މާލެ އަދި ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޑިޖިޓަލް ލިޓަރަސީ އަދި ސްކޭމް އެވެއަރނަސް ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އާންމުކޮށް ހިންގާ ސްކޭމްތައް ދެނެގަތުމަށާއި، ޑިޖިޓަލް ޚިދުމަތްތައް އިތުބާރާއެކު ރައްކާތެރިކޮށް ބޭނުންކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމަށެވެ.

ސްމާޓްފޯނާއި، ޑިޖިޓަލް ޕޭމަންޓްތަކާއި، އޮންލައިން ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާއިރު، ސްކޭމްތަކާއި މަކަރާއި ހީލަތުން ކުރާ މުއާމަލާތްތަކަކީ، ޚާއްސަކޮށް ބަދަލުވަމުންދާ ޑިޖިޓަލް ނުރައްކާތަކަށް މާބޮޑަށް އަހުލުވެރިވެފައިނުވާ ފަރާތްތަކަށް، ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ކަންބޮޑުވުމެކެވެ.

ޑިޖިޓަލްވަމުންދާ މުޖުތަމައެއްގައި އެންމެންނަށްވެސް ރައްކާތެރިކަމާއެކު ބައިވެރިވެވޭނެކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކޮށް، އުރީދޫ މޯލްޑިވްސްއިން މި ސެޝަންތައް އިންތިޒާމުކުރީ އޮންލައިންކޮށް ރައްކާތެރިވުމަށް ބޭނުންވާ އަމަލީ މައުލޫމާތު އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދިނުމަށެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސްކޭމްތަކަށް ހޭލުންތެރިކުރުވުމަށެވެ. މަކަރާއި ހީލަތުން ކުރާ ކޯލްތަކާއި މެސެޖުތަކާއި، ފިޝިންގ ލިންކްތަކާއި، އެހެން މީހަކަށް ހެދިގެން އޮޅުވާލަން މަސައްކަތްކުރުމާއި، އަދި މާލީ ނުވަތަ ޒާތީ މުހިންމު މައުލޫމާތު ހޯދަން އެދުން ފަދަ އާންމުކޮށް ހިންގާ ސްކޭމްތަކުގެ ބާވަތްތަކަށް ބައިވެރިން އަހުލުވެރިކުރުވިއެވެ. މީގެ އިތުރުން، ޕާސްވޯޑާއި، އޯޓީޕީއާއި، ބޭންކިންގ މައުލޫމާތާއި، އަދި އެހެނިހެން ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ޝައްކުކުރެވޭ ފަދަ މުއާމަލާތަކާ ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތަކަށްވެސް މި ސެޝަންގައި އަލިއަޅުވާލިއެވެ.

ސްކޭމްތަކަށް ހޭލުންތެރިކުރުވުމާއި އޮންލައިން ރައްކާތެރިކަމާ ގުޅޭގޮތުން އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މަންދޫބުން މި ޕްރޮގްރާމްގައި ބައިވެރިވެ، ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަންނާނެ ގޮތާއި މަކަރާއި ހީލަތުން ރައްކާތެރިވާނެ ގޮތުގެ އަމަލީ އިރުޝާދު ބައިވެރިންނަށް ފޯރުކޮށްދިނެވެ.

ސްކޭމްތަކަށް ހޭލުންތެރިކުރުވުމުގެ އިތުރުން، މި އިންޓަރެކްޓިވް ޕްރޮގްރާމްގައި ސްމާޓްފޯނާއި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ޚިދުމަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ އިރުޝާދު ދީފައިވެއެވެ. ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ލިބި، އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިއީ ޑިޖިޓަލް ދުނިޔޭގައި އުޅޭއިރު އިތުބާރާއެކު އަމިއްލައަށް ކަންކަން ކުރުމަށް އެމީހުންނަށް ލިބުނު އެހީތެރިކަމެކެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ އިސްރަށްވެހިންގެ ނާދީއާއެކު ޒަމާންވީ ގުޅުމެއް ދަމަހައްޓައި، 2018 ވަނަ އަހަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި އެންމެ ފަހުގެ ޕްރޮގްރާމަކީ އެ ގުޅުމުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ އިތުރުން، އެންމެން ޝާމިލުވާ އަދި ރައްކާތެރި ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫއިން ވެފައިވާ ފުޅާ ވައުދަށް ލިބުނު ކުރިއެރުމެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ފަދަ މުއައްސަސާތަކާއި މުޖުތަމައުގެ ބައިވެރިންނާއެކު މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ޑިޖިޓަލް ހޭލުންތެރިކަން އިތުރުކޮށް، އޮންލައިންކޮށް ރައްކާތެރިކަން ކަށަވަރުކުރަމުން ޓެކްނޮލޮޖީގެ ފައިދާ ހޯދުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު މުޖުތަމައުތަކަށް ފޯރުކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: