ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.
މާލެއާއި ރާއްޖޭގެ 20 ސަރަހައްދެއްގައި މުބާރާތުގެ އޮޑިޝަންތައް ބޭއްވިއިރު، އެ ބުރުގައި 2،742 ބައިވެރިން ވަނީ ބައިވެރިވެފައެވެ.
އެ މުބާރާތުން ހާފިޒުންގެ ބައިން އެއްވަނަ ހޯދާފައިވަނީ އެއްވަން ހޯދާފައިވަނީ އިސްމާއީލް އިޒުއާން އިބްރާހީމްއެވެ. މުޅި މުބާރާތުން އިޒުއާން އެއްވަނަ ހާސިލްކުރީ ހާފިޒުންގެ ގޮފިންނެވެ.
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ އާޔަން އަޙްމަދު ޢިނާން ހޯދާފައިވާއިރު މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން އެއް ވަނަ ހޯދާފައި ވަނީ ޢާއިޝަތު ޒީކް ރިޔާޒްއެވެ.
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ބައިވެރިޔާ އާއި ޙާފިޘުންގެ ގޮފިން 1 ބައިވެރިޔާއަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސް، ޑރ. މުހައްމަދު މުއިއްޒެވެ.
މުޅި މުބާރާތުން ފަޚުރުވެރި ވަނަތަކަށް ހޯދި ދަރިވަރުންނަށް ވަނީ އަގުހުރި އިނާމުތަކެއް ދީފައެވެ. އެގޮތުން ރައީސް ދެއްވާ ޝަރަފުގެ ފިލައާއި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ބޭނުން ޤައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމީ ވަޤްފު ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު ޢުމްރާ ދަތުރު ހިމެނެއެވެ.

