އައިފޯން 18 ސީރީޒްގެ ފޯނުތަކަށް ޕްރީ-އޯޑަރު ކުރި ކަސްޓަމަރުންނަށް، ރޭ އެ ފޯނުތައް ރަސްމީކޮށް ހަވާލުކުރަން ފަށައިފިއެވެ.
ރާއްޖޭގައި މި ފޯނުތައް ރަސްމީކޮށް ވިއްކަން ފެށުމުގެ ގޮތުން، އުރީދޫގެ ހެޑްކުއާޓަރުގައި ރޭ ދަންވަރު 12:01 ގައި ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ.
މި ހަފުލާގައި ގިނަ އަދަދެއްގެ ކަސްޓަމަރުން ވަނީ އެ މީހުންގެ އާ ފޯނުތަކާ ހަވާލުވެފައެވެ. އުރީދޫއިން ބުނި ގޮތުގައި، ދަންވަރު މި ހަރަކާތް ކުރިއަށްގެންދިޔައީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.
މީގެ އިތުރުން، ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ގެއްލުނު ކަސްޓަމަރުންނަށް ވެސް މިހާރު އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް ”މޫލީ“ މެދުވެރިކޮށް އައިފޯން 18 ސީރީޒްގެ ފޯނުތައް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މޫލީ މެދުވެރިކޮށް އޯޑަރު ކުރާ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މުޅިން ހިލޭ ޑެލިވަރީ ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އުރީދޫ ނެޓްވޯކް ބޭނުންކުރާ ފަރާތްތަކަށް މި ފޯނާއެކު ހާއްސަ އިނާޔަތްތަކެއް ވެސް ލިބިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެޕަލް ކުންފުނިން މި މަހު ދައްކާލި އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް ފޯނުތަކަކީ ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ފޯނުތަކެކެވެ.

