ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމްއިއްޔާތަކުގެ މަހާސިންތާއަށް އޮސްޓްރޭލިއާގެ އިލްމުވެރިޔާ ޝައިޚް ނަސީމް ރާއްޖެ ވަޑައިގެންފި

އޮސްޓްރޭލިއާގެ އިލްމުވެރިޔާ އައްޝައިޚް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ދީނީ އަދި އިޖުތިމާއީ ޖަމްއިއްޔާތަކަށް އަމާޒުކޮށްގެން ބާއްވާ އަހަރީ މަހާސިންތާގައި ކީނޯޓް ސްޕީޗް ދެއްވުމަށް އޮސްޓްރޭލިއާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ނަސީމް ރާއްޖެ ވަޑައިގެންފިއެވެ.

އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ދީނީ އަދި އިޖުތިމާއީ ޖަމްއިއްޔާތަކަށް އަމާޒުކޮށްގެން ބާއްވާ އަހަރީ މަހާސިންތާގައި ކީނޯޓް ސްޕީޗް ދެއްވުމަށް ހަމަޖެހިފައިވާއިރު އައްޝައިޚް ނަސީމް ހާއްސަ ސެޝަނެއްވެސް ނަންގަވައިދެއްވާނެއެވެ.

އެ ކީނޯޓުގެ މައިގަނޑު މަގުސަދަކީ އާއްމުކޮށް ހިންގޭ ދީނީ އަދި އިޖުތިމާއީ ޕްރޮގްރާމްތަކުގައި ބައިވެރިނުވާ ނުވަތަ ބައިވެރި ނުވެވޭ ނުވަތަ ޕްރޮގްރާމުގެ މެސެޖު ނުފޯރާ ފަރާތްތަކަށް، ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތައް ފޯރުކޮށްދިނުމާއި އެފަރާތްތައް ބައިވެރިކުރުމަށް ކުރެވޭނޭ ކަންކަމުގެ މައުލޫމާތު ޖަމްޢިއްޔާތަކަށް ދިނުމާއި ޖަމްއިއްޔާތަކުގެ މަޝްވަރާ ހޯދުމެވެ.

އެ ސެޝަނުގެ މަގުސަދަކީ ދީނީ ހޭލުންތެރިކަމުގެ ހަރަކާތްތަކާ ދުރުވެފައިވާ ފަރާތްތަކަ ގުޅުން ބަދަހިކުރުމަށް ބޭނުންވާ ޒަމާނީ އުކުޅުތައް، އެ ބައްދަލުވުމުގައި ބައިވެރިވާ ޖަމްއިއްޔާތަކަށް އުނގަންނައިދިނުންކަމަށް އިސްލާމިކް ވުޒާރާއިން މައުލޫމާތުދެއެވެ.

ޝައިޚް ނަސީމަކީ ޒުވާނުންނާއި މަދަރުސާ ކުދިން އަދި ދައުވަތުގެ ހަރަކާތްތަކާ ދުރުވާ ފަރާތްތަކަށް އަމާޒުކޮށް ހަރަކާތްތައް ހިންގާތާ 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި އަދި އެ ދާއިރާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގައިފައިވާ ޝަޚްސިއްޔަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: