ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެމީހަކު ހައްޔަރުކޮށްފި

ޓޫރިސްޓަކު ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުގައި ހިނގާފައި ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ނޭޕާލްގެ ދެ މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ކުށުގައި، ހައްޔަރުކޮށްފައި ވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނެކެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 3 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކޮށްފައިވާތީ އެވެ. އަދި އެ މީހުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ހުރުމުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތީ، ބަންދު މަޖިލިސް ކުރިއަށް ގެންގޮސްފައި ވަނީ އެމީހުންގެ ޣައިރު ހާޒިރުގައެވެ.

މީގެއިތުރުން، އެ މީހުންގެ ސިއްހީ ހާލަތު ރަނގަޅުވެ، ކޯޓަށް ހާޒިރުކުރެވޭ ފަދަ ހާލަތަކަށް އައުމުން ކޯޓަށް ހާޒިރުކުރަންޖެހޭނެކަމަށް އަމުރުގައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ މީހުންގެ ހަށިގަނޑުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. ނަމަވެސް އެ މީހުންގެ ހަށިގަނޑުން ފެނުނު މަސްތުވާތަކެތީގެ ސީދާ ބަރުދަނާއި އަދަދު ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: