ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަޒްފުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް މުއިއްޒު ބަލައިނުގަންނަން ކޯޓުން ނިންމައިފި

ފިޔާޒް އަދި ހަސަންގެ އަޑުއެހުން އެއްވަގުތެއްގައި! -- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށްފައިވާ އަދަދު ނޫހުގެ ”އައިޝާ“ ޑޮކިއުމެންޓްރީއާ ގުޅިގެން ގަޒްފުގެ ދައުވާ އުފުލާފައިވާ އަދަދު ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ ޝަރީއަތުގައި ހެއްކެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒްފުކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ މަރުހަލާގެ ހުށަހެޅުންތަކާމެދު ގޮތް ނިންމުމެވެ.

އެގޮތުން، އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާއިރު، މިއަދުގެ އަޑުއެހުމުގައި، ދިފާއީ ހެކީގެ ގޮތުގައި އަދަދު ނޫހުން ހުށަހެޅި ބައެއް ހެކިތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައިވެއެވެ. އޭގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ގާނޫނުލްއުގޫބާތުގެ މާހިރެއް ހިމެނޭ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އެހެންނަމަވެސް، އަދަދު ނޫހުގެ ބައެއް ނޫސްވެރިން ހެކީންގެ ގޮތުގައި ބަލައިގަތުމަށް މިއަދު ނިންމާފައިވެއެވެ.

އޭގެ އިތުރުން، ޑޮކިއުމެންޓްރީގެ މައްސަލައިގައި ގަޒްފުގެ ދައުވާ އުފުލާފައިވާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އައިޝަތު އީޝާ އަޝްރަފްގެ މައްސަލަ ވެސް އެކުއެކީގައި ކުރިއަށް ގެންދިޔުމަށް މިއަދު ނިންމާފައިވެއެވެ. އަދި މި މަހުގެ 22 ވަނަ ދުވަހު މައްްސަލައިގެ ޝަރީއަތުގެ މަރުހަލާ ފެށުމަށް ވަނީ ނިންމައިފައެވެ.

ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ފިޔާޒު އާއި ހަސަންގެ މައްޗަށް ގަޒްފުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އެ ދެ މީހުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ. އޭގެ އިތުރުން އެ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރި ފަހުން، އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ، އެ އެތަނުގެ އިލެކްޓްރޯނިކް ސާމާނުތައް ވަނީ ގެންގޮސްފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުން ސުވާލުކުރުމުން، ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރަކާ ހިލާފުވިކަމަށް ނިންމައި އެ ނޫހުގެ ދެ ނޫސްވެރިޔަކު މީގެ ކުރިން ޖަލަށް ލާފައިވެއެވެ. އަދި އެފަހުން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަނުން އެ ނޫހުގެ ނޫސްވެރިންނަށް ވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: