ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުންގެ އަގުވައްޓާލަން ހުށަހަޅާ މައްސަލަތަކާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ނެތް: އޭސީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

މީހުންގެ އަގުވައްޓާލުމުގެ ބޭނުމުގައި އެއްވެސް އަސާސެއް ނެތް މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިޔަސް އެ ފަދަ މައްސަލަތަކާ މެދު އަމަލުކުރާނެ ހާއްސަ އުސޫލެއް ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމީޓީގައި މެމްބަރަކު ވެރިންގެ ބޮލުގައި ބޮޑެތި ބަދުނާމު އެޅުވުމުގެ ގޮތުން ހުށަހަޅާ މައްސަލަތަކަށް އިސްކަންދީގެން އަވަހަށް ނިންމާނެ ހާއްސަ އުސޫލެއް ނުގެންގުޅެންތޯ ކުރި ސުވާލަށް ޝާމިލް ވިދާޅުވީ މީހުންގެ އަގުވައްޓައިލަން ކުރާ ކަންކަމަށް ފިޔަވަޅު އެޅޭނެ ގޮތް ރާއްޖޭގެ އެހެން ދާއިރާތަކުގައި ހުރި ކަމަށާއި އެހެންނަމަވެސް އެސީސީގެ އެ ނިޒާމުގެ ތެރޭގައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް މައްސަލަތައް ހުށައަޅާފައި ހުރީ އޭސީސީގެ މެމްބަރުންގެ އަގުވައްޓާލަން ކަމަށެވެ.

ޝާމިލު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ރާއްޖޭގައި ކުރިން އަމަލުކުރި ގާނޫނުގައި އެ އުސޫލު އޮތް ކަމަށާއި އެކަމަކު މިހާރު އަމަލުކުރާ ގާނޫނުގައި އެ އުސޫލު ނެތް ކަމަށެވެ.

އޭސީސީގެ މެންބަރުންނާ ސުވާލުކުރައްވަމުން އިބްރާހީމް ތުހުމަތުކުރެއްވި ގޮތުގައި އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުންގެ އަގު ކަނޑައެޅިގެން ވައްޓާލަން ވެސް ބައެއް ފަރާތްތަކުން އޭސީސީއަށް މައްސަލަ ހުށަހަޅަ އެވެ.

އެކަމަކު ސަރުކާރާއި ޖުޑިޝަރީ ވެސް ހިމެނޭ ގޮތުން، ބޮޑެތި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ތުހުމަތުކުރެވޭ މައްސަަލަތަކުގައި އަމަލުކުރާނެ ގޮތުގެ ސްޓްރެޓެޖީއެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީގައި އެކުލަވައިލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: