ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމަރަފުށީ ޓެރަރިޒަމްގެ މައްސަލަ: މިނިވަންވި މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެދޭން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ޖަމާއަތަކަށް ތާއިދުކޮށް، ތ. ތިމަރަފުށީގައި އޮޕަރޭޓްކުރަމުންދިޔަ ހަރުކަށި ފިކުރުގެ ސެލްއަކުން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި ދައުވާތައް ސާބިތުނުވެގެން ސަލާމަތްވި ތިން މީހެއްގެ މައްޗަށް މޮނިޓާކޮށް ކޮންޓްރޯލުކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފިއެވެ.

އައިއެސްގެ އިރުޝާދުގެ ދަށުން ގޮވާއެއްޗެއް ނުވަތަ އައިއައިޑީއެއް ތައްޔާރުކޮށް ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މި މައްސަލާގައި އަށް މީހެއްގެ މައްޗަށް ހަތް ދައުވާއެއްކުރިއެވެ. އެކަމަކު އޭގެ ތެރެއިން ކުށް ސާބިތުވީ ހަތަރު މީހެއްގެ މައްޗަށެވެ.

މިދިޔަ މަހު އެ މައްސަލައިގެ ހުކުމް އިއްވިއިރު، ބަންދުގެ މުއްދަތު ކެނޑުމުން ޖަލު ބަންދު ތަންފީޒުކުރަންޖެހެނީ އެންމެ މީހަކަށެވެ. އެހެން އެންމެން ވަނީ މިނިވަންވެފައެވެ.

މީގެ އިތުރުން، ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތެއްނުވެ އެވެ. ދައުވާ ސާބިތުނުވެގެން މިނިވަންވި މީހުންނަކީ:

  • ޝަމާހު ޝަރީފް، ތ. ތިމަރަފުށި
  • އަބްދުﷲ ޝަރީފް، ތި. ތިމަރަފުށި
  • އަހުސަން މުހައްމަދު، ތި. ތިމަރަފުށި
  • މުހައްމަދު އާސިރު، ތ. ތިމަރަފުށި

މި މައްސަލާގައި ކުށް ސާބިތުނުވި މީހުންގެ މައްސަލަ އިސްތިއުނާފުކުރުމާ މެދު އަދި ގޮތެއް ނުނިންމައެވެ.

އެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައިވާ ގޮތުން، ދަތުރު ދިޔުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ތަމްރީނުތައް ހެދުމާއި ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމަށް ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް އެފަދަ ދަރުސްތައް ބޭއްވުން އަދި ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިއުން ފަދަ ކަންކަން އެ މީހުން ދިޔައީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: