ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއެމްއީ ޑިޖިޓަލްއިން ރީފައިނޭންސިންއަށް ހާއްސަ ހަފްތާއެއް ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް ”ރީފައިނޭންސިންގ ހަފްތާ“އެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ރީފައިނޭންސިންގ ހަފްތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 18 އޮކްޓޯބަރު އިން 22 އޮކްޓޯބަރު ނިޔަލަށެވެ.

ރީފައިނޭންސިންގ ހަފްތާގެ މަގުސަދަކީ، އެސްއެމްއީ ޑިޖިޓަލްގެ ރީފައިނޭންސިންގ އޮފަރ ލިބިފައިވާ ކަސްޓަމަރުންނަށް މުވައްޒަފުންގެ އެހީތެރިކަމާއެކު ވަގުތުން އެ މަރުހަލާ ފުރިހަމަކުރުމެވެ. އެގޮތުން، ކަސްޓަމަރުންނަށް ވަގުތުން އައު އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ.

މި މަސައްކަތަކީ އެސްއެމްއީ ޑިޖިޓަލްއިން ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތެކެވެ. ކޮންވެންޝަނަލް ލޯނަކުން އިސްލާމިކް ފައިނޭންސް ފެސިލިޓީއަކަށް ބަދަލުވުމާއެކު ކަސްޓަމަރުންނަށް ލިބޭ ފައިދާތަކެއްވެއެވެ.

ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:

  • އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުން
  • ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުން
  • މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން

މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ރީފައިނޭންސިންގ ހަފްތާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލްގެ ކޯޕަރޭޓް ހެޑް އޮފީސް ހިންގާ އިމާރާތް، މ. ކަނީރުވިލާ 2 ވަނަ ފަންގިފިލާގައި ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: