ޖޯޑަންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ޖޯޑަންގެ ފޮރިން މިނިސްޓަރ، އައިމަން އަލް ސަފަދީ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި ގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ފޮނުއްވި މެސެޖުގައި ޖޯޑަންގެ ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއާއި ޖޯޑަން އާއި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން، ކުރިއަށް ދުވަސްތަކުގައި، އިތުރަށް ބަދަހިވެގެންދާނެކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.

