ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވި މީހާގެ ސާމްޕަލް ނެގުން ލަސްވެފައިވާ ކަމަށާއި އެހެން ނަމަވެސް އެ ކޭސްއާއި ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމުގެ ލަފައެއް ލިބިފައި ނުވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ފުރަތަމަ ނިޔާވި މީހާގެ މައްސަލައިގައި ކަންބޮޑުވާ ވަރަށް ގިނަ މައްސަލަތަކެއް ފެންމަތިވިއެވެ. އެގޮތުން ޑައިރެކްޓު ކޮންޓެކްޓަކަށް ވެ ހުރެ، ހައިރިސްކު ކެޓަގަރީއެއް ނަމަވެސް ސާމްޕަލް ނެގުން ލަސްވުމާއި އެކު، ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބުން ފާހަގަކުރެވެއެވެ. އަދި އާއިލާގެ ފަރާތުން ވެސް އެ މައްސަލައިގައި ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
އުމުރުން 83 އަހަރުގެ އެ މީހާ ނިޔާވިއިރު، ނެގި ސާމްޕަލްގެ ނަތީޖާތައް ނުލިބެއެވެ. އަދި އާއިލާގެ ފަރާތުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާލުމުގައި ދަތިތަކެއް އަންނަން ފެށުމުންނެވެ.
މި މައްސަލައިގައި ތަހުގީގެއްކޮށް ރިޕޯޓެއް ތައްޔާރު ކުރަމުން އަންނަކަމަށް އެންއީއޯސީން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ. ރިޕޯޓުގައި ވާ ކަންތައް ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ އެ މައްސަލައިގައި އެއްވެސް ބައެއްގެ އިހުމާލެއް އޮތްކަމަށް ލަފާ ދީފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ސާމްޕަލް ނެގުން ލަސްވުމާއި އެކު، ނަތީޖާތައް ލިބުނުލެއް ލަސްކަން ފާހަގަކުރެވޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ މި ކޭސްއާއި އެކު ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.
”މިކަމާއި ގުޅިގެން އިތުރު ޕްރޮސީޖާތަކެއް ވަނީ ގާއިމް ކުރެވިފައި. އެގޮތުން ކޭސްއެއް ޕޮޒިޓިވްވެއްޖެނަމަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ފާހަގަ ކުރެވިއްޖެނަމަ އެމީހާގެ ސާމްޕަލް، އަލާމަތްތައް ނެތް ނަމަވެސް ކަންކަން އަވަހަށް ކުރިއަށް ގެންދެވޭނެ“ ޑރ. ނަޒްލާ
ޑރ. ނަޒްލާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ކޭސްތަކައް އެޓެންޑު ކުރުމުގައި އަމަލުކުރާނެ ގޮތުގެ މައްޗަށް ކޮލިޓީ އިމްޕްރޫވްމެންޓު ޑިވިޝަންގެ ފަރާތުން ލަފާތަކެއް އަރުވާފައިވާ ކަމަށެވެ. އެގޮތުން އުމުރުން ދުވަސް ވީ މީހުންގެ ސާމްޕަލްތައް ނެގުމުގައި އެއްވެސް ޑިލޭއެއް އަޔަ ނުދިނުމާއި، ހާއްސަކޮށް އަލާމާތްތަކަކާއި އެކު ރިޕޯޓު ކުރާ މީހުން އަދި ކޭސްއެއްގެ ޑައިރެކްޓު ކޮންޓެކްޓެއްނަމަ ސާމްޕަލް ނަގާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އުމުރުން ދުވަސް ވީ މީހާއަކީ ކޮންޓެކްޓަކަށް ވެފައި އަލާމާތެއް ނެތް މީހަކަށް ވިޔަސް ބައްޔަށް ކުރިޔަށް އޮތްތަނުގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ޑރ. ނަޒްލަ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އުމުރުން ދުވަސްވީ މީހުންގެ ފަރުވާ ދިނުމާއި، ފެސިލިޓީތަކަށް ބަދަލުކުރުން ވެސް ވީހާ އަވަސް ކުރެވޭނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ މައްސަލައިގެ ރިޕޯޓުގައި ވަކި މީހެއްގެ އިހުމާލެއް އޮތްކަމަށް ބުނެފައި ނުވާ ކަމަށެވެ.

