ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޫލް އޮފް ލޯއަށް އިހްތިރާމް ނުކުރަން ދެވި ހިފާފައިވާ ބަޔަކަށް، ވިސްނައި ދިނުމަކީ މޮޔަ ކަމެއް: ޑރ. ދީދީ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ވެރިކަމެއް، ނުވަތަ ރޫލް އޮފް ލޯގެ އުސޫލަށް އިހުތިރާމް ނުކުރާ ބަޔަކަށް ކަމެއް ވިސްނައިދޭން އުޅުމަކީ މޮޔަކަމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، އެ ނިންމުން ނިންމާފައިވަނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންްސް ސެންޓަރު އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާ މަޝްވަރާކުރުމެއް ނެތިކަމަށް މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. އާއްމު ސިއްހަތަކާއި ބެހޭ ގާނޫނުގެ ދަށުން ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ ހާލަތުގައި ޖަލްސާ ތަޅުމުގައި ބޭއްވުމަށް ނިންމާފައިވާތީ ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

”ރޫލް އޮފް ލޯއަށް އިހްތިރާމް ނުކުރަން ދެވިހިފާފައިވާ ތިބި ބަޔަކަށް ވިސްނައިދިނުމަކީ މޮޔަ ކަމެއް،“ ޑރ. ދީދީ

ޖަލްސާއަށް ދިއުމުގެ ހުއްދަ ފުލުހުން ދޭން ފަށާފައިވާއިރު، ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް އަހުމަދު ވަނީ ހުއްދަތައް ދޫކުރަނީ ކޮން ގާނޫނެއްގެ ދަށުންތޯ ސުވާލު އުފައްދަވާފައެވެ. ޑރ. ޖަމީލް ވަނީ މިފަދަ ނިންމުމަކާއި އެކު ލޮކްޑައުންއަށް ނިމުމެއް އައިތޯ ސުވާލު އުފައްދާ މި ގައުމުގައި ދެ ސެޓް އޮފް ރޫލްއެއް ގަބޫލު ނުކުރާނެކަމަށް ވިދާޅުވެފައެވެ. ޑރ. ދީދީ އެ ނިންމުމަށް ފާޑުވިދާޅުވީ ޑރ. ޖަމީލްގެ މި ޓްވީޓު ރީ ޓްވީޓު ކުރައްވަމުންނެވެ.

އުއްތަމަ ފަނޑިޔާރުކަމުން ޑރ. ދީދީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ދުރުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި މަގާމުން ދުރުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ފޮނުވީ 15 ތުހުމަތެއް ކުރުމަށް ފަހުގަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ތުހުމަތަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން އަމަލު ކުރެއްވުމާއި މަޖިލީހާއި ޖެއެސްސީ އަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް އެ މުއައްސަސާތަކަށް ހުރަސްއެޅުމެވެ. އެ ތުހުމަތުތަކަށް ޖަވާބު ދާރީވުމުގެ ބަދަލުގައި ޑީޑީ އޭރު ވިދާޅުވީ ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: