ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެފަހުން ޖަލްސާއަށް ހާޒިރުވުމުގެ ހުއްދަތައް ފުލުހުން ދޫކުރަން ފަށައިފި

ރައިޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ ހާލަތުގައި މަޖިލީހުގެ ޖަލްސާއެއް މަޖިލީހުގެ އިދާރާގައި ބޭއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމެވުމާއި ގުޅިގެން މަޖިލީހުގެ އިދާރާއަށް ވަޑައިގަތުމުގެ ހުއްދަ ފުލުުހުންގެ އިދާރާއިން މެންބަރުންނަށް ދެއްވަން ފައްޓަވައިފި އެވެ.

މެމްބަރުންނަށް ހުއްދަތައް ދޫކުރަން ފަށާފައިވަނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ. މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާ އަށް މެމްބަރުން ވަޑައިގަތުމުގެ ހުއްދައައް މަޖިލީހުގެ އިދާރާ އިން އެދުމުން، އެކަމުގައި އެޗްޕީއޭގެ އިސް އިރުޝާދުތައް ލިބިފައިވާކަން ފާހަގަކޮށް ފުލުހުން ބުނެފައިވަނީ ފުރިހަމަ ކުރަންޖެހޭ ކަންތައް މިހާރު މަޖިލީހަށް އަންގާފައިވާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ މައްސަލައިގައި ގިނަ އާއްމުންގެ ކަންބޮޑުވުންތަކެއް ވެސް ވަނީ އިތުރުވެފައެވެ. އަދި މިކަމާއި ގުޅިގެން ބައެއް އެމްޑީޕީގެ މެމްބަރުން ހިމެނޭހެން ވަނީ އެޗްޕީއޭގެ ހުއްދައެއް ނެތި ޖަލްސާތަކަށް ހާޒިރު ނުވާނެކަމަށް ބުނެފައެވެ.

މަޖިލީހުގެ އިދާރާއިން ވަނީ އަންގާރަ ދުވަހުގެ ހެނދުނު ޖަލްސާތައް، ޖަލްސާ ކުރާ މާލަމުގައި ބާއްވާނެކަމަށް މީޑިއާތަކަށް އަންގާފައެވެ. އަދި ޖަލްސާތައް ތަޅުމުގައި ކުރިޔަށް ގެންދާނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށް ބުނެފައިވެއެވެ. އޭގެ ތެރެއިން އެއް އުސޫލަކީ މާސްކުތައް އެޅުމެވެ. މަޖިލީހުގެ މެމްބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕުގައި ބައެއް މެމްބަރުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ރައްދުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ލޮކްޑައުން ނިމެންދެން ނުވަތަ 28 ވަނަ ދުވަހުގެ ނިޔަލަށް މަޑުނުކުރެވޭނެކަމަށް ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުއަށް އަންގަވާފައި ވާނެ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ބާއްވާ އެންމެ ބޮޑު އެއް ސަަބަބަކީ މަޖިލީހަށް ހާޒިރިނުވެ ގާނޫނު އަސާސީ އިސްލާހު ކުރުމަކީ އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ނުވާތީކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ މަޝްވަރާއެއް ނުހޯދާ ޖަލްސާ ބޭއްވުމަށް ނިންމާފައިވާތީ އެކަމާ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް ޖަލްސާއަށް ހާޒިރު ނުވާނެކަމަށް ވެސް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: