ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޓެސްޓުކުރަން ބޭނުންކުރުމަށްޓަކައި އިތުރު 5000 ޓެސްޓު ކިޓް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ މަބްރޫކް ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓުކުރަން ބޭނުންކުރުމަށްޓަކައި އިތުރު 5000 ޓެސްޓް ކިޓް ޑަބްލިޔުއެޗްއޯއިން ހަދިޔާކޮށްފައިވާކަމަށެވެ.
އަދި މިތަކެތި މިހާރު އައިޖީއެމްއެޗާއި ހަވާލުކޮށްފައިވާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް މިއަދު ޑަބްލިޔުއެޗްއޯގެ ފަރާތުން، އަނެއްކާވެސް 5000 އިތުރު ޓެސްޓް ކިޓެއް މިވަނީ ލިބިފަ. އަދި އެ ޓެސްޓްކިޓުތައް މިހާރުވަނީ އައިޖީއެމްއެޗާއި ހަވާލުކުރެވިފަ.“ މަބްރޫކް
ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެ ހަނގުރާމަކުރަމުންދާއިރު، ޑަބްލިޔުއެޗްއޯއިންނާއި، ދުނިޔޭގެ ބައެއް ޤައުމުތަކުންނާއި، ބޭރުގެ ކުންފުނިތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ގޮތުން، ދާދި މިދާކަށްދުވަހު ތައިލެންޑްގެ ކުންފުންޏަކުން ވަނީ، ޕީސީއާރު މެޝިނެއް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
މި ގޮތުން، ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭ މިންވަރު މިހާރުވަނީ އިތުރުވެފައެވެ. އައިޖީއެމްއެޗުގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލެބޯޓަރީގަ އާއި، އޭޑީކޭގައި ވެސް މިހާރުދަނީ ކޮވިޑް-19 އިގެ ތަހުލީލުތައް ހެދެމުންނެވެ.

