ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމާއި ރަސްމީ ރިޒާވަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އަންދާޒާކޮށްފި

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތަށާއި، ދަޢުލަތުގެ ރަސްމީ ރިޒާވަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ރަސްމީ އަންދާޒާތަކުން ދައްކާ ކަމަށް ފުނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ ޒަރީރު ވިދާޅުވީ މި ހިނގާ 2026 ވަނަ އަހަރާއި ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދާއި އެ ފަރާތްތަކުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވެ، ޤައުމުގެ މާލީ ޙާލަތު އިތުރަށް ހަރުދަނާވެގެންދާނެ ދެ އަހަރު ކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މި ހިނގާ 2026 ވަނަ އަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2.17 މިލިއަނަށް އަރާނެ ކަމަށް މިހާރު ބެލެވެއެވެ. މިއާއެކު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ނުވަތަ ބެޑްނައިޓްސް ގެ ޢަދަދު 13.9 މިލިއަނުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. ފަތުރުވެރިކަމުގެ ޑިމާންޑް ދުނިޔޭގެ ބާޒާރުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުން އައުމަކީ މި އަމާޒަށް ވާސިލުވުމަށް ލިބޭ ބޮޑު ބާރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ދަޢުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިއްމު ދައުރެއް އަދާކުރާ ރަސްމީ ރިޒާވް ވަނަ އަހަރުގެ ނިޔަލަށް 817.7 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. މިއީ ބޭރު ފައިސާގެ ތާށިކަން ކުޑަކޮށް، އިޤްތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް ލިބޭނެ ވަރަށް މުހިއްމު ހިތްވަރެއް ކަމަށް މިނިސްޓަރ ވުދާޅުވިއެވެ.

ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިއްމު، ތާރީޚީ އަހަރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. އެ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2.28 މިލިއަނާއި 2.5 މިލިއަނާ ދެމެދުގެ މިންވަރަކަށް އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ފަތުރުވެރިންގެ ޢަދަދު އިތުރުވުމާ އެކުއެކީގައި، އެ ފަރާތްތަކުން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް ކުރިއަރައިގެން ދާނެއެވެ. އެގޮތުން 2027 ވަނަ އަހަރު ރާއްޖޭގައި ހޭދަކުރާ ބެޑްނައިޓްސް 14.5 މިލިއަނަށް އަރާނެ ކަމަށް ބެލެވޭއިރު، މިއީ ރިޒޯޓްތަކާއި ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ މަތިވެ، ސިނާޢަތުން ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމެކެވެ.

ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވުމާ ގުޅިގެން، ދަޢުލަތުގެ ރަސްމީ ރިޒާވް 2027 ވަނަ އަހަރު އިތުރަށް ބޮޑުތަނުން ވަރުގަދަވެގެންދާނެ ކަމަށް އަންދާޒާކުރެވެއެވެ. މިގޮތުން 2027 ވަނަ އަހަރު ނިމޭއިރު ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 907.2 މިލިއަން އެމެރިކާ ޑޮލަރުގައެވެ.

ރަސްމީ ރިޒާވް މި މިންވަރަށް މަތިވުމަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރުމަށާއި، ބޭރުގެ ދަރަނިތައް ދެއްކުމުގެ ޤާބިލުކަން އިތުރުވެ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ މުހިއްމު އަސާސެކެވެ.

މި އަންދާޒާތަކުން ހާމަވަނީ، ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ކުރިއެރުމާއެކު ޤައުމުގެ މުޅި އިޤްތިޞާދީ ދުވެލި ހަލުވިވެ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ މާލީ ޙާލަތު އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: