ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފުރަތަމަ ކެންސަރު ސެންޓަރު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ލިބޭ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލެއްގައި ރާއްޖޭގެ ފުރަތަމަ ކެންސަރު ބަލީގެ ސެންޓަރު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާއާއި އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެންނެވެ.

ކެންސަރު ބަލި ދުރާލާ ދެނެގަތުމާއި އެ ބައްޔަށް ފަރުވާދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސް ފާހަގަކުރައްވާފައިވާ މި މަސައްކަތުގެ ދަށުން، ރާއްޖެއިން މިހާތަނަށް ލިބެން ނެތް ޒަމާނީ ފަރުވާތައް ތަޢާރަފުކުރުމުގެ ޢަމަލީ މަސައްކަތް މިހާރު މިވަނީ ރަސްމީކޮށް ފެށިފައެވެ.

ކެންސަރު މަރުކަޒު ޤާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ގްރޫޕުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. އަދި މި މަސައްކަތް ޙަވާލުކުރި ކޮންޓޮމް ހައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަދި ޑިރެކްޓަރ ޗިމްޓަން ސޯނީއެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި މަރުކަޒު ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުން ނިމުމަކަށް ގެނައުމާއި، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް އަމިއްލަ ޤައުމުގައި ތިބެގެން ލިބޭނެ މަގު ތަނަވަސްކުރުމެވެ.

މި މަރުކަޒު ހުޅުވިގެން ދިއުމާއެކު، ބޭރު ޤައުމުތަކަށް ދަތުރުކޮށްގެން ފަރުވާ ހޯދުމަށް ދިވެހި ޢާއިލާތަކުން ކުރަންޖެހޭ ބޮޑެތި ޚަރަދުތަކަށާއި، އުފުލަންޖެހޭ ނަފްސާނީ ބުރައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަލީގެ ކުރީކޮޅުގައި ދެނެގަނެ، ގާތުން މޮނިޓަރކޮށް، ފަރުވާގެ ހުރިހާ މަރުޙަލާއެއް އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރެވޭނެ ނިޒާމެއް ހަމަޖެހިގެންދާނެއެވެ.

ސަރުކާރުގެ ހޮސްޕިޓަލްތަކުގައި މިހާރުވެސް ކީމޯތެރަޕީގެ ބައެއް ފަރުވާތައް ދެމުންދިޔަ ނަމަވެސް، ރޭޑިއޭޝަން ތެރަޕީއާއި، ނިއުކްލިއަރ މެޑިސިން އަދި ޕެޓް ސީޓީ ފަދަ ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތައް އަދި ލިބެން ނެތްކަން މީގެކުރިން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ފާހަގަކުރައްވާފައެވެ. އައު މަރުކަޒާއެކު މި ޒަމާނީ ޚިދުމަތްތައް ރާއްޖޭގައި ތަޢާރަފުވެގެންދާނެއެވެ.

އަލަށް ޤާއިމުކުރާ ސެންޓަރުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ރޭޑިއޭޝަން ތެރަޕީ: އެންމެ ފަހުގެ ޒަމާނީ 3D-CRT، IMRT އަދި IGRT ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ ރޭޑިއޭޝަންގެ ފަރުވާ.
  • ޑައިގްނޮސްޓިކް ޚިދުމަތްތައް: ސީޓީ ސިމިއުލޭޝަނާއި ޕެތޮލޮޖީގެ ފުރިހަމަ ތަހުލީލުތައް.
  • އޮޕަރޭޝަން ތިއޭޓަރާއި ވޯޑުތައް: ކެންސަރު ބަލީގެ ޚާއްޞަ ސަރޖަރީތައް ކުރެވޭނެ ތިއޭޓަރުތަކާއި، އެދުމަތިކޮށްގެން ފަރުވާ ދިނުމަށް ޚާއްޞަ ވޯޑުތައް.
  • ކީމޯތެރަޕީ އަދި ކުއްލި ފަރުވާ: ކީމޯތެރަޕީއަށް ޚާއްޞަ ޒަމާނީ ޔުނިޓުތަކާއި، ކެންސަރު ބަލީގެ މީހުންނަށް ދިމާވާ ކުއްލި ނުރައްކާތަކަށް ފަރުވާދޭނެ އެމަޖެންސީ ނިޒާމު.
  • ނަފްސާނީ އަދި ސަޕޯޓިވް ކެއަރ: ބަލިމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ކައުންސިލިންގ އަދި ސަޕޯޓިވް ކެއަރގެ ޚިދުމަތްތައް.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: