ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ހޯރަފުށި/ފޮޓޯ: ހޯރަފުށި ކައުންސިލު
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން އެންމެ ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުވެ، ދިވެހި ފިރިހެނަކު 20 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ ޖަލު ހުކުމެއް އައީ ހއ. ހޯރަފުށީ، ހުދުހުދުގެ، މުޙައްމަދު ނާއިޝްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި، މުޙައްމަދު ނާއިޝް ވަނީ 2025 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން އެ ތުއްތު ކުއްޖާއާ މެދު ޖިންސީ އަމަލުތައް ހިންގާފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އުފުލުނު މި ދައުވާ ޝަރީއަތުގައި ސާބިތުކުރުމަށް ދައުލަތުން ވަނީ އެކަށީގެންވާ ހެކި ހުށަހަޅާފައެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވުމަށްފަހު އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، އޭނާގެ މައްޗަށް ދައުލަތުން ކުރި ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މި ކުށުގެ އަދަބެއްގެ ގޮތުން ކޯޓުން ކަނޑައެޅީ 20 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި އޭނާ ހޭދަކުރި މުއްދަތު ޖަލު ހުކުމުން ވަނީ އުނިކޮށްފައެވެ.

އެގޮތުން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، މުޙައްމަދު ނާއިޝް ދެން ތަންފީޒު ކުރަން ޖެހޭނީ 18 އަހަރާއި ހަތް މަހާއި 28 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވެއެވެ.

ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ ޝަރުއީ ނިޒާމުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން އަންނަ ބާވަތުގެ ސީރިއަސް މައްސަލަތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: