ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ގާނޫނަށް ހުށަހެޅި އިސްލާހުގައި އޮތް ”ހާއްސަ ހާލަތް“ތަކަކީ ކޮބައިކަން ސާފުކޮށް އެނގެންޖެހޭ: އައިޝަތު އަލީ

ޝެއާރކޮށްލާ ކަހަލަދޯ؟

ތައުލީމީ ގާނޫނަށް ބަދަލު ގެންނައިރު އެ ގާނޫނަށް ހުށައަޅާފައިވާ މާއްދާއެއްގެ އަކުރެއްގަައި ލިޔެވިފައިވާ ހާއްސަ ހާލަތްތަކަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގެން ޖެހޭ ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އައިޝަތު އަލީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތައުލީމީ ގާނޫނަށް ބަދަލު ގެންނައިރު އެ ޤާނޫނަކަށް މުޅީން އަލަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ މާއްދާއެއްގެ އަކުރެއްގަައި ލިޔެވިފައިވާ ”ހާއްސަ ހާލަތްތަައް“، މީގެ މާކުރިން ވުޖޫދުވެފައިވާ އުސޫލެއްގައި އޮތް ހާއްސަ ހާލަތްތަކާއި އެއްގޮތް ވަނީ ކިހިނެތްކަން ނުވިސްނޭ ކަމަށެވެ. އެތައް އުސޫލެއްގައި ”ހާއްސަ ހާލަތްތައް“ ހިމަނާފައި ހުންނަ ކަމަށާއި، އަދި އެ އުސޫލުތަކުގައި އެއީ ކޮން ހާއްސަ ހާލަތްތަކެއް ކަންވެސް ސަރީހަކޮށް ބަޔާން ކޮށްދީފައި ހުންނަ ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

އެއްވެސް އުސޫލަކަށް ނުވަތަ ޤާނޫނަކަށް ހަވާލާ ދިނުމެއްނެތި މިގޮތަށް އަދި ”ހާއްސަ ހާލަތްތައް“ ލިޔެފައި އޮތަސް އެ ނިސްބަތްވަނީ ކޮން ހާއްސަ ހާލަތްތަކަކަށްކަން އެ ޤާނޫނު މާނަކުރާ މީހުންނަކަށް ނޭނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ފޮރުވުމެއްނެތި ސާފުކޮށް އެ ހާއްސަ ހާލަތްތަކަކީ ކޮބައިކަން ބުނެދޭން ޖެހޭނެ ކަމަށާއި ތަޢުލީމީ ޤާނޫނަށް ގެނެވޭ ބަދަލުތަކަކީ ދަރީންނަށް އަދި އަންނަން އޮތް ޖީލުތަކަށް އޭގެ އަސަރު ކުރާނެ އަދި ދެމިގެންދާނެ ބަދަލުތަކެއް ކަމަށްވެސް އައިޝަތު އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ކަމަކީ އެހާ ލުއިކޮށް އެމީހަކު ބޭނުންހާ ގޮތަކަށް މާނަކުރަން ދޫކޮށްލެވޭ ވަރަށްވުރެ މާ ހައްސާސް ކަމެއް ކަމަށެވެ.

މި ހަފްތާގައި ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދަރަސީ ތައުލީމު ފޯރުކޮށްދިނުމަށް ހޯމް ސްކޫލިން ޕްރޮގްރާމް ތައާރަފުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައެވެ.

މި ބިލު މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ. މި ބިލު ހުށައެޅުމާއިއެކު އިދިކޮޅު އެމްޑީޕީގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެ ބިލާ ގުޅޭގޮތުން ރައީސް ނަޝީދު އެކްސްގައި ވިދާޅުވީ، ”ޖާރިޔާ ބިލް“އާ ދެކޮޅަށް ނުކުންނަންޖެހޭ ކަމަށާއި އެ ބިލުގެ އަމާޒަކީ އަންހެން ކުދިން މަދަރުސާއަށް ނުފޮނުވައި އެ ކުދިން ޖާރިޔާއިންނަށް ހެދުމުގެ ހީލަތްތެރި ވިސްނުން ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، އެ ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި އިތުރު ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މިހާރު ވެސް ހަތަރު ހާހަށް ވުރެ ގިނަ ދަރިވަރުން ސްކޫލަށް ގަވައިދުން ނުދާ ކަމަށެވެ. އަދި ހޯމް ސްކޫލިންގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި ހަލާކު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: