ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތައް ހަދަން ފަށަނީ ފޫކޮޅުގައި ރޯވީމަ: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީ ނެގެހެއްޓޭނެ ވަރު މި ސަރުކާރަށް ނުވާ ކަމަށާއި، ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ގާނޫނުތައް ހަދަން ފަށަނީ ”ފޫކޮޅުގައި ރޯވީމާ“ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ގެނައުމަށް ވޯޓު ދިން ރައްޔިތުން މިއަދު އެކަމާއި ހިތާމަކުރާ ކަމަށެވެ.

 ޝިޔާމް ވިދާޅުވީ، ގާނޫނު އަސާސީ ދަމަހައްޓާ، ގާނޫނު އަސާސީ ނެގެހެއްޓޭނެ ވަރު މި ސަރުކާރަށް ނުވާ ކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ނެރުނު އުސޫލުތަކުގެ ސަބަބުން ރައްޔިތުންނަށް ސިއްހީ ހިދުމަތްތައް ނުލިބޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެވޭނީ ރައީސް ޔާމީން މިނިވަންވެގެން ކަމަށް ޤަބޫލުކުރާ އެތަކެއް ބަޔަކު އެވަތިބި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ޝިޔާމްވަނީ އޭނާ އާ މެދު ތުހުމަތުކުރާ މައްސަލަތައް ބަލައިދިނުމަށް މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.

އެގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް އަދި މޯލްޑިވް ގޭހަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް އޮތްތޯ ބަލައިދިނުމަށް ޝިޔާމް އެދިވަޑައިގަތެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ސްޓިމްލެސް ޕެކޭޖްތަކެއް ތައާރަފް ކުރުމުން އެކަންކަން ބެލުމަށް މަޖިލީހުގެ 17 ކޮމިޓީއަކާއި ޙަވާލުކުރެވުނު ކަމަށެވެ. ނަމަވެސް ކޮމެޓީއިން އެކަން ކޮށްފައިވަނީ ދޯހަޅިކޮށް ކަމަށް ވިދާޅުވެ ޝިޔާމް ވަނީ މާލިއްޔަތު ކޮމެޓީގެ މަސައްކަތްތަކަށް ފާޑު ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ، ޕީއެސްއެމް އަދި ގޭސް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް އޮވެއްޖެ ކަމުގައިވާނަމަ އޭސީސީ އާއި ރައީސް އުފައްދަވައިފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ. 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: