ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީރަގެ ފަރާތުން ޓެކްސް ޖޫރިމަނާ މައާފު ކުރުމާއި ޓެކްސް ދެއްކުމުގައި އިންސްޓޯލްމެންޓަށް ފައިސާ ދެއްކޭނެ އިންތިޒާމުތައް!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ޕްރެސް: ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ޓެކްސް ފައިސާ ދެއްކުމުގައި ޖޫރިމަނާ މައާފު ކުރުމުގެ އިތުރުން ޓެކްސް ދެއްކުމުގައި އިންސްޓޯލްމެންޓަށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަތުހުﷲ ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މީރާއިން އެކި ހިދުމަތްތައް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ފައިސާ ދެއްކުމާއި ބަޔާން ހުށަހެޅުމާއި، ރެޖިސްޓްރޭޝަންގެ މަސައްކަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އީމެއިލް މެދުވެރިކޮށް ޓެކްސް ކްލިއަރެންސް، އިންސްޓޯލްމެންޓާއި، ރިލީފްއަށް އެދުމުގެ ހިދުމަތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

ފަތުހުﷲ ވިދާޅުވީ ޖޫރިމަނާ މައާފުކޮށްދިނުމަށް، ޖުރިމަނާ އަރާފަރާތްތަކަށް އެޓެންޑު ކުރަމުން ގެންދާ ކަމަށެވެ. މާލޭގައި ކޮވިޑު ފެތުރެމުން ދާއިރު، މުވައްޒަފުން މަސައްކަތް ކުރަމުން ގެންދަނީ ގޭގައި ތިބެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ކޯލް ސެންޓަރަށް އައި ދަތިތަކުގެ ސަބަބުން ވައިބާއަށް ވަކި ހާއްސަ ނަމްބަރެއް ކަނޑައެޅި، ޓެކްސް ކްލިއަރެންސް އާއި ގުޅޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ދެމުން ގެންދާ ކަމަށެވެ.

ލޮކްޑައުންއާއި ގުޅިގެން މަގުތަކަށް ނިކުންނަ މީހުންގެ ޖުރިމަނާތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު، އެކަމާއި ގުޅޭގޮތުން ފަތުހުﷲ ވިދާޅުވީ މިހާރު ވެސް ބައެއް ފަރާތަކުން އެ ފައިސާތައް ދައްކަމުން ގެންދާ ކަމަށެވެ.

ސަރުކާރުގެ ރިލީފް ޕެކޭޖާއި ގުޅޭގޮތުން ފަތުހުﷲ ވިދާޅުވީ އެސްޑީއެފްސީން ދޫކުރާ ލޯނުތަކަކީ ޓެކްސް ދައްކާ ފަރާތްތަކުގެ އާމްދަނީއަށް ބިނާކޮށް ދޫކުރަމުން ގެންދާ ލޯނުތަކެއް ކަމުން އެ ފަރާތްތަކުން ޖީއެސްޓީ ސޭލްސް އަދަދު އެސްޑީއެފްސީއަށް ހާމަކުރަން ޖެހޭނެ ކަމަށެވެ. އަދި މި ޕްރޮސެސް ޓެކްސް ފައިސާ ދައްކާ ފަރާތްތަކަށް ލުއިކޮށް ދިނުމުގެ ގޮތުން ލޯނަށް އެދޭ ފަރާތްތަކުން އެކަމަށް ހުއްދަ ދީ މީރާއަށް އެކަން އެންގުމުން އެސްޑީއެފްސީއަށް ބޭނުންވާ އެ ފަރާތެއްގެ މައުލޫމާތު މިރާއިން އެ ބޭންކާއި ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ. އެހެން ކަމުން ޓެކްސް ފައިސާ ދައްކާ ފަރާތްތަކުން ލޯނަށް އެދުމަށް ވަކިން މީރާއިން ޖީއެސްޓީ ބަޔާން ހޯދުމަށް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ފަތުހުﷲ ވިދާޅުވީ ރިލީފް ޕެކޭޖު އެކުލަވާލުމުގައި ސަރުކާރަށް ބޭނުންވާ ސްޓެޓިސްޓިކަލް މައުލޫމާތު ފޯރުކޮށްދޭ ކަމަށެވެ. އަދި ލޯނު ދޭއިރު ވިޔަފާރީގެ އާމްދަނީއަށް ބަލާ ކަމަށް ވިދާޅުވިއެވެ. އެގޮތުން 10 މިލިއަނަށް ވުރެ ދަށުން އާމްދަނީ ލިބޭ ފަރާތްތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުތަކުގައި އެ ފަރާތުން ޖީއެސްޓީގެ ގޮތުގައި ދައްކާފައިއިން އަދަދު ނުވަތަ ޖީއެސްޓީ ބަޔާންތަކުގައި ސޭލްސްގެ ގޮތުގައި ހިމަނާފައި ހުންނަ އަދަދު ބެލެނީ ބެލެނީ ލިބޭ އާމްދަނީގެ ގޮތުގައި ކަމަށާއި، ލޯނުގެ އަދަދު ކަނޑައެޅެނީ އެޔަށް ބިނާކޮށްގެން ކަމަށެވެ.

ފަތުހުއްﷲ ވިދާޅުވީ މި ދަނޑިވަޅުގައި ގިނަ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށެވެ. މާލެ ލޮކްޑައުން ވުމާއި، އަދި ބޯޑަރު ބަންދުކުރުމާއި ގުޅިގެން ވިޔަފާރީތަކަށް ގެއްލުން ވަމުންދާއިރު އިންސްޓޯލްމެންޓުތަކަށް ބަހާލައިގެން ފައިސާ ދައްކަމުން ދާ ފަރާތްތަކަށް، ވަކި އިންތިޒާމުތަކެއް ހަމަޖައްސައިދީ ފައިސާ ދެއްކުން ޖޫން މަހާއި ހަމައަށް ފަސްކޮށްދީފައިވާ ކަމަށެވެ.

”އޭގެ އިތުރުން އަލަށް އިންސްޓޯލްމެންޓަށް ވަންނަން ބޭނުންވާ ފަރާތްތަކަށް، އިންސްޓޯލެމްންޓަށް ވަނުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދީފައިވާނެ. އެގޮތުން އެއްބަސްވުމަށް ވަންނަން ވެގެން ހުށަހަޅާ ކޮމިޓްމެންޓު ޕޭމަންޓަށް ދައްކަން ޖެހޭ އަދަދު ކުރިޔަށް ވުރެ ކުޑަ އަދަދެއްގެ ގޮތުގައި ހަމަޖައްސާ އޭގެ އިތުރަށް ބަހާލެވޭ މުއްދަތުތައް، ކުރިޔަށް ވުރެ ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުތައް މިހާރު ވާނީ ހަމަޖެހިފައި“ ފަތުހުﷲ

ފަތުހުﷲ ވިދާޅުވީ މީގެ ކުރިން އިންސްޓޯލްމެންޓު އެއްބަސްވުމަކަށް އަންނަކަމަށް ވާނަމަ، ކުރިޔަށް ހުރި މުއްދަތުގައި ފައިސާ ދައްކާނެ ގޮތުގެ ޕޯސްޓް ޑޭޓުގެ ޗެކުތަކެއް ދައްކަންޖެހޭއިރު، މިހާލަތުގައި އިންސްޓޯލެމްންޓު އެގްރިމެންޓަށް ޗެކު ހުށަހަޅަން ނުޖެހޭ ކަމަށެވެ. މީގެ އިތުރުން ހިނގަމުންދާ އިންސްޓޯލްމެންޓު އެގްރިމެންޓެއް އޮތް ނަމަވެސް އެގްރިމެންޓުގެ މުއްދަތުން ބޭރުން އިތުރު އިންސްޓޯލްމެންޓު މިހާރު ނެގޭނެކަމަށް ފަތުހުއްﷲ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: