ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ދައުރު ހަމަވާން ތިން ދުވަހަށްވީމަ ސުޕްރީމް ކޯޓުގެ ބޮލަށް ކަންކަން ޖެހުމަކީ ޒިންމާދާރުކަން ކުޑަކަމެއް: އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރުތިބި ކައުންސިލްތަކުގެ ދައުރު ހަމަވާން ތިން ދުވަހަށް ވުމުން ކައުންސިލްތަކުގެ ދައުރު ދެންމުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. 

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ކައުންސިލް އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ފަސްކޮށްފައެވެ. އަދި އިންތިހާބު ފަސްކުރުމާއި ބެހޭ ހާއްސަ ގާނޫނެއް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރީއްޔާ ވަނީ ތަސްދީގު ކުރައްވާފައެވެ. 

އިންތިހާބު ފަސްކުރުމަށް ފަހު އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ބުދަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި އުޝާމް ވިދާޅުވީ މިހާރު ތިބި ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވާއިރު ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ބިލެއް މަޖިލީހަށް ފޮނުވިތާ ދެ މަސް ދުވަސް ވެފައިވާ ކަމަށާއި އެހެންކަމުން ކައުންސިލްތަކުގެ ދައުރު ހަމަވާން ދެތިން ދުވަހަށް ވުމުން ކައުންސިލްތަކުގެ ދައުރާއި ގުޅޭ ގޮތުން ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް ދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްގެެ ގޮތުގައި އުޝާމް ފާހަގަ ކުރެއްވިއެވެ. 

އުޝާމް ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތްއިރު ދިމާވެފައިވާ މައްސަލައަށް އަދި އަތުވެދާނެ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދެން އޮތީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކަމަށާއި އެ ނޫން ގޮތަކަށް އެކަން ކުރެވިދާނެކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށް އުޝާމް ވިދާޅުވިއެވެ. 

އުޝާމް ވިދާޅުވީ މަޖިލީހުން ނިންމާ ނިންމުންތަކާއި ކުރާ ކަންކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާ ހޯދައިގެން ކަންކަން ކުރުމަކީ އޭނާ އެހާ ގަބޫލު ކުރައްވާ ކަމަށް ނޫން ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލައަކީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން ޖެހޭ މައްސަލައެއް ނޫން ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ. 

އުޝާމް ވަނީ މިހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށްް ބުނެ ބައެއް މެމްބަރުން ދައްކަވާ ވާހަތަކަށް ވެސް ރައްދު ދެއްވާފައެވެ. އެގޮތުން އުޝާމް ވިދާޅުވީ މީގެކުރިން ވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައި ވަނީ ރައްޔިތުންނާއި މަޝްވަރާކޮށްގެން ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި، އަދި ރައީސްއާއި ނައިބް ރައީސް ކަމަށް ކުރިމަތި ލެވޭ އުމުރު ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައިއިރު ރައްޔިތުންނާއި މަޝްވަރާ ކޮށްފައި ނުވާކަން އުޝާމް ފާހަގަ ކުރެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: