ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ކައުންސިލް އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހގެ ބިލް ު މަޖިލީހަށް ބަލައިގަނެ ބިލް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފިއެވެ. 

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ. ބިލް މަޖިލީހަށް ބަލައިގެންފައި ވަނީ 61 މެމްބަރުންގެ ވޯޓުންނެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގެ ބިލް ދިރާސާ ކުރުމަށް މުޅި މަޖިލީޙުގެ ކޮމެޓީއަށް ފޮނުއިރު ގާނޫނުއަސާސީއަށް އިސްލާހު ގެނެސް މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމާއި މެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި މަޖިލީޙުން އެދުނު އިސްތިޝާރީ ލަފާ ވީއެންމެ އަވަހަކަށް ދެއްވުމަށް އެދި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ އައްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އަށް ސިޓީއެއް ފޮނުއްވާފައެވެ. 

ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލް މަޖިލީހަށް ބަލައިގެންފައިވާއިރު އަދި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ނިންމާފައިވާއިރު ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ ދައުރު ދެންމުމާއި މެދު އެމްޑީޕީގެ ޕީޖީ ގުރޫޕް ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލް ތަފާތުވުން އުފެދިފައެވެ. އެގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރުނު ނަމަވެސް އެ ވިޕަށް ތަބާނުވާނެ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކޮށްފައި ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ގޮތަށް ބިލް ފާސްކުރުމަށެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް މަޖިލީޙުގެ ކޮމެޓީއަށް ގޮސްފައިވާއިރު މީގެކުރިން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ މިހާރުގެ ހާކަތު އޮތް ގޮތުން ހާއްސަކޮށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން ކުއްލި ނުރަްކަލުގެ ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކައުންސެލް ޖެނަރަލްއާއި ބަންޑާރަނައިބް ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނީ ރައީސުލްޖުމްހޫރީއްޔާ އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށާއި އެ ނޫން ކޮންމެ ހާލަތެއްގައި ވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނެ ކަމަށް ކައުންސެލް ޖެނެރަލް ވެސް އަދި ބަންޑާރަނައިބް ވެސް ވަނީ ވިދާޅުވެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: