ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެކްސް ކާޑު ބޭނުންކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކާއެކު ބީއެމްއެލްއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އަމާޒުކޮށްގެން، އަގުހުރި ގިނަ އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ކުރާ އެކި ވިޔަފާރިތަކަށް އެމެކްސް ކާޑު ބޭނުންކުރުމަށް ހިތްވަރުދިނުމާއި، ކާޑުން ކުރާ މުއާމަލާތްތަކަށް އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 5 ނޮވެމްބަރުން ފެށިގެން 31 ޑިސެންބަރު 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ހަފުތާއަކު މަދުވެގެން 1,000 ރުފިޔާގެ ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ގުރުއަތުގައި ބައިވެރިވެވޭނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކާއި، އޮންލައިން ޕޭމަންޓް ގޭޓްވޭ އަދި ކިއުއާރު މެދުވެރިކޮށް ކުރާ އެންމެހައި މުއާމަލާތްތައް ހިމެނެއެވެ.

ޕްރޮމޯޝަން ނިމުމުން، ޝަރުތުހަމަވާ ހުރިހާ މުއާމަލާތްތަކުގެ މެދުގައި ބާއްވާ ހާއްސަ ގުރުއަތުން ހަތަރު ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެ ފަރާތްތަކަށް ހުށަހެޅިފައިވަނީ ދިރިއުޅުމުގެ އެކި ބޭނުންތަކަށާއި މުނިފޫހިފިލުވުމަށް އަމާޒުކޮށްފައިވާ އަގުހުރި ބޮޑެތި އިނާމުތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ހާޑް ރޮކް ކެފޭ މޯލްޑިވްސްގައި ދެ މީހަކަށް ހާއްސަ ރޭގަނޑުގެ ކެއުމެއް: މީރު ކާނާއާއި ހިތްގައިމު މާހައުލެއްގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު.
  • އެޕަލް ބަންޑަލް: ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މެކްބުކް ނިއޯ އެޕަލް ވޮޗް އަދި އެއަރޕޮޑްސް
  • ބ. ފުޅަދޫގައި ހުންނަ ’ވިލާ މިއާ‘ ގައި ޗުއްޓީ ހޭދަކުރުން: މި ދަތުރުގައި ނަސީބުވެރި ފަރާތުގެ އިތުރުން ހަތަރު މީހަކާއެކު ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލާލުމަށް ދެވޭ އެކްސްކާޝަން ދަތުރެއް ހިމެނޭ.
  • ރިސޯޓެއްގައި ދެ މީހަކަށް ދެ ރޭގެ ޗުއްޓީ: ރާއްޖޭގެ މަޝްހޫރު މަންތާ ރޭ (އެންދެރި) ބަލާލުމަށް ފީނުމާއި ދަތުރުދިއުމުގެ ފުރުސަތާއެކު ދެވޭ އަރާމު ޗުއްޓީއެއް.

ބީއެމްއެލްއިން ފާހަގަކުރާ ގޮތުގައި މިފަދަ ޕްރޮމޯޝަންތަކުގެ މައިގަނޑު މަގުސަދަކީ ކޭޝްލެސް ނުވަތަ ކާޑާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ދެއްކުމުގެ އާދަ އަށަގަންނުވައި، ކަސްޓަމަރުންގެ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ރައްކާތެރި އަދި ފަސޭހަ ކޮށްދިނުމެވެ. ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކޮންމެ ދުވަހަކު ކުރާ ހަރަދުތަކުން މިފަދަ ބޮޑެތި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދިއުމަކީ ކަސްޓަމަރުންނަށް ލިބޭ ބޮޑު ހިތްވަރެކެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި، ގަވާއިދުތައް ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓުން މިހާރު ބައްލަވާލެއްވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: