ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފަކު ވަޒީފާ އިން ވަކިކުރާ ނަމަ، އެކަން ކުރަން ވާނީ ޤަވާއިދުތަކާ އެއްގޮތަށް: ފައިސަލް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ނަމަ، އެކަން ކުރަން ވާނީ ކަނޑައެޅިފައިވާ ޤަވާއިދުތަކާ އެއްގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނުގައި މަސައްކަތްތެރިންގެ ޙައްޤުތަކާއި، އެ ޙައްޤުތައް ހިމާޔަތްކުރާނެ ގޮތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް އެކި ބަދަލުތައް ގެނައި ނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ވާނީ ޤަވާއިދުތަކާ އެއްގޮތަށް ކަމަށާއި، ކޮންމެ ނިންމުމެއް ވެސް ނިންމަން ވާނީ އެ މުވައްޒަފަކަށް ލިބިދޭންޖެހޭ އެންމެހައި ޙައްޤުތައް ކަށަވަރުވާ ގޮތަށް ކަމަށް ވިދާޅުވިއެވެ.

”ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލުތަކެއް ގެނައި ނަމަވެސް، މުވައްޒަފަކު ވަޒީފާ އިން ވަކިކުރާ ނަމަ، އެކަން ކުރަން ވާނީ ޤަވާއިދުތަކާ އެއްގޮތަށް. އަދި އެ މުވައްޒަފަކަށް ލިބިދޭން ޖެހޭ އެންމެހާ ޙައްގުތަކެއް ކަށަވަރުވާ ގޮތަށް،“ ފައިސަލް ވިދާޅުވިއެވެ.

މީގެއިތުރުން، ސިޔާސީ ގޮތުން ވަކި ފިކުރަކަށް ނިސްބަތްވީތީ އެއްވެސް މުވައްޒަފެއްގެ ޙައްޤުތައް ގެއްލުވާލައި، އެ މީހަކަށް ނިކަމެތިކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކަށް ވެސް ޤާނޫނުން ލިބިދީފައިވާ ރައްކާތެރިކަން އެންމެން ވެސް ޤަބޫލުކުރަން ޖެހޭނެ ކަމަށާއި، އެ ރައްކާތެރިކަމަށް ފުރިހަމައަށް އިޙްތިރާމްކުރަން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: