ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ބައްލަވާލެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ރަސްމީކޮށް ފަށައި، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރެއްވި އިޢުލާނުގައިވާ ގޮތުން، ރަސްމާލެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ޝައުޤުވެރިވާ އަދި ޝަރުތުހަމަވާ ފަރާތްތަކަށް މިހާރު ވަނީ ކުރިމަތިލުމުގެ ދަޢުވަތު އަރުވާފައެވެ. މި ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި ހިނގާ މަހުގެ 16 ވާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ވުޒާރާއަށް ހުށަހަޅަންޖެހެއެވެ.

މި ބީލަމާ ގުޅޭގޮތުން ވަކިން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް (ޕްރީ-ބިޑް މީޓިންގ) ނޯންނާނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 02 ވާ ދުވަހުގެ ހެނދުނު 09:00 ގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތް މިހާރުވެސް ދަނީ ބާރަށް ކުރިއަށެވެ. މުޅި މަޝްރޫޢު ނިމުމުން ރަސްމާލެ ވެގެންދާނީ ދިވެހިރާއްޖޭގައި އޮތް އެންމެ ބިން ބޮޑު ރަށަށެވެ.

ސަރުކާރުގެ ދުރުރާސްތާ ތަޞައްވުރަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރަސްމާލޭގެ ބިމުން 200،000 (ދެ ލައްކަ) ހައުސިންގ ޔުނިޓުގެ ބޯހިޔާވަހިކަމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. މިއީ މާލެ ސަރަޙައްދަށް ދިމާވެފައިވާ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމަށް ޒަމާނީ އަދި ދާއިމީ ހައްލެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ތަރައްޤީކުރުމަށް ރޭވިފައިވަނީ ރާއްޖޭގެ މޫސުމަށާއި ނާޒުކު ތިމާވެއްޓަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ. އެގޮތުން މި ރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ހަމަޖެހިފައިވަނީ އިއާދަކުރަނިވި ހަކަތައިގެ (ރިނިއުއަބަލް އެނާޖީ) ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

މީގެއިތުރުން، މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ތިމާވެށީގެ އެކި ހިރާސްތަކުން ސަލާމަތްވެވޭނެ ގޮތަށް އިންޖިނިއަރިންގ މިންގަނޑުތައް އެކުލަވާލައި، ޒަމާނީ އަދި ދެމެހެއްޓެނިވި ވަސީލަތްތަކާއެކު މި ސަހަރު ބިނާކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ރަސްމާލެއިން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރު ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ ފުރިހަމަ ”އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއް“ ގެ ގޮތުގައެވެ. މި ބޮޑު މަޝްރޫޢު ހިންގުމަށްޓަކައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ މަޝްހޫރު އަބޫދާބީ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމަކަށް އައުމުގެ ގޮތުން ކޮމާޝަލް ޓާމް ޝީޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

މިހާރު ކުރިއަށްދަނީ މި މަޝްރޫޢުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭނުންވާ ފަންނީ އަދި ޤާނޫނީ މަޝްވަރާތަކެވެ. އަދި މިފަދަ ބޮޑު ރިއަލް އެސްޓޭޓް މަޝްރޫޢެއް ހިންގުމަށް ބޭނުންވާ ޤާނޫނީ ބާރާއި ރައްކާތެރިކަން ޤާއިމުކުރުމުގެ ގޮތުން، ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ޚާއްޞަ ބިލެއް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މާސްޓަރ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފެށުމަކީ ރަސްމާލެ މަޝްރޫޢު ތަންފީޒުކުރުމުގައި އެޅުނު ވަރަށް މުހިންމު އަދި ބޮޑު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: