ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެފޭއެއްގެ ތެރޭގައި ބަޔަކު ރަހީނުކޮށް ބިރުދެއްކި ޒުވާނަކު ބަންދުކޮށްފި

ކްރިމިނަލް ކޯޓް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކެފޭއެއްގެ ތެރޭގައި ތިބި ބަޔަކަށް ބިރުދައްކައި، ހުއްދަނޫން ގޮތުގައި ތިން ގަޑިއިރު ވަންދެން ހިފެހެއްޓި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް ކޯޓުން 20 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، އިފަން، އުމުރުން 19 އަހަރުގެ އިފްހާމް އަހުމަދެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ގާޒީ ވަނީ އަމުރުކުރައްވާފައެވެ.

ކޯޓުގައި އޮތް ބަންދު މުއްދަތު މަޖިލީހުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވިދާޅުވީ، ކެފޭ ތެރޭގައި ތިބި މީހުންގެ އަތުން ފޯނު ނެގުމަށް އިފްހާމް މަސައްކަތްކުރި ކަމަށެވެ. އަދި ފޯނު ނުދީފިނަމަ ފުޅިއަކުން ޖަހައި މާރާމާރީ ހިންގާނެ ކަމަށް ބުނެ ބިރުދެއްކި ކަމަށާއި، އެމީހުން އެތަނުން ނުނިކުމެވޭނެހެން ގަދަކަމުން ތިން ގަޑިއިރު ވަންދެން ހިފެހެއްޓި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މީގެއިތުރުން، އެތަނުގައި ތިބި އެހެން މީހުންގެ ކުރިމަތީގައި، އަނިޔާ ލިބުނު ފަރާތްތަކުގެ އަބުރާއި ގަދަރަށް އުނިކަން އަންނަ ގޮތަށް އެމީހުންގެ މަންޒަރުތައް ފޯނުން ވީޑިއޯކޮށްފައިވާ ކަމަށްވެސް ތަހުގީގު އޮފިސަރު ކޯޓުގައި ފާހަގަކުރެއްވިއެވެ.

މި ހާދިސާއާ ގުޅިގެން އިފްހާމްގެ މައްޗަށް މައިގަނޑު ހަތަރު ކުށެއްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި:

  • މާރާމާރީ ހިންގުން
  • ބިރުދެއްކުން
  • ޖިނާއީ މަޖުބޫރުކުރުވުން
  • ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުން

ފުލުހުން ބުނީ އޭނާގެ މައްޗަށް މި ކުށްތައް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަނިޔާ ލިބުނު ފަރާތްތަކުގެ ބަޔާނާއި، މަންޒަރު ދުށް ހެކިންގެ ބަޔާންތަކާއި، އަނިޔާވި ފަރާތްތަކުގެ މެޑިކޯ ލީގަލް ރިޕޯޓުގެ އިތުރުން ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތައް ހިމެނެއެވެ.

ބަންދު މަޖިލީހުގައި އިފްހާމްގެ ދިފާއީ ވަކީލު އެދިވަޑައިގެންނެވީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށެވެ. ނަމަވެސް، ފުލުހުން ހުށަހެޅި ހެކިތަކަށާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބައްލަވައި، މައްސަލަ ބެއްލެވި ގާޒީ ނިންމެވީ މުޖުތަމައުގެ ސަލާމަތާއި އަމަންއަމާންކަން ދެމެހެއްޓުމުގެ ގޮތުން އޭނާ ބަންދުގައި ބެހެއްޓުމަށެވެ. އެގޮތުން އޭނާގެ ބަންދަށް ވަނީ 20 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: