ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސް ފައިޞަލް ނަސީމް އެޗްޑީސީގެ މަސައްކަތްތައް ބައްލަވާލައްވައިފި

ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ފައިޞަލް ނަސީމް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް (އެޗްޑީސީ) ޒިޔާރަތްކުރައްވައި، އެ ކޯޕަރޭޝަނުގެ މަސައްކަތްތައް ބައްލަވައިލައްވައިފިއެވެ.

މި ގޮތުން އަންގާރަ ދުވަހުގައި ނައިބު ރައީސް ކުރެއްވި މި ޒިޔާރަތުގައި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމާއި، ހައުސިންގ މިނިސްޓަރު އާމިނަތު ޢާޠިފާގެ އިތުރުން އެޗްޑީސީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ގޮތުން ނައިބު ރައީސްގެ މި ޒިޔާރަތުގައި  އެޗްޑީސީން  އެކުލަވާލާފައިވާ ހައުންސިންގ ކޮންސެޕްޓެއްކަމުގައިވާ ”ކޯ ލިވިންގ“ ނުވަތަ ”ޝެއާރިންގ އެކޮމަޑޭޝަން“ ކޮންސެޕްޓުގެ މަސައްކަތްތައް ހުރިގޮތް ބައްލަވައިލެއްވިއެވެ.

މީގެ އިތުރުން އެޗްޑީސީގެ އިސްވެރިންނާއި ބައްދަލުކުރައްވައި ނައިބު ރައީސް ވަނީ، ކޮންސެޕްޓުގެ މަސައްކަތްތައް އަވަސްކަމާއެކު ކުރިޔަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.

ހަމައެއާއެކު ނައިބު ރައީސްވަނީ، ކޮވިޑުން އަރައިގަތުމަށްޓަކައި، ކުރެވޭ އެކިއެކި މަސައްކަތްތަކުގައި އެ ކޯޕަރޭޝަނުގެ ވެރިންނާއި މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

”ކޯ ލިވިން“ ކޮންސެޕްޓްގެ މަޤުސަދަކީ، އާމްދަނީ ހޯދުމަށް މާލެއައިސް އެކިއެކި ވަޒީފާތަކުގައި އުޅޭ މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންނަށާއި، ތަޢުލީމު ހާސިލުކުރުމަށްޓަކައި އަދި މި ނޫންވެސް މިފަދަ ޒަރޫރީ ބޭނުންތަކުގައި މާލެއައިސް ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ލުޔެއް ހޯދައިދިނުންކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

މި ގޮތުން ކުލި ދައްކާގޮތަށް ދޫކުރާ ޝެއާރިންގ އެކޮމަޑޭޝަނުގެ ސަބަބުން، އެ ފަދަ ފަރާތްތަކަށް ލިބޭ ޢާމްދަނީގެ ބޮޑުބައެއް ރައްކާކުރެވިގެންދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މި ކޮންސެޕްޓްގެތެރޭގައި އެކަކަށް ހުރެވޭ އެކޮމަޑޭޝަންތަކާއި، ދެ މީހަކަށް ހިއްސާކުރެވޭ އެކޮމަޑޭޝަންތަކާއި، ދެ މީހުންނަށްވުރެ ގިނަ މީހުނަށް ހިއްސާކުރެވޭ އެކޮމަޑޭޝަންތައް ވެސް ހިމެނެއެވެ.

ސަރުކާރުން ހާމަކުރިގޮތުގައި ”ކޯ ލިވިންގ“ގެ ކޮންސެޕްޓުގެ ދަށުން ކުރަމުން އަންނަ މަސައްކަތްތައް ނިމޭ ވަރަކުން އިތުރު ތަފްޞީލުތައް އެޗްޑީސީން ހާމަކުރަމުންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: