ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020″ ގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވައިފިއެވެ.
އަންގާރަ ދުވަހު ރައީސް ތަސްދީޤުކުރެއްވި، މި ބިލަކީ މި ހިނގާ ޖޫންމަހުގެ ދެއެއް ވީ އަންގާރަ ދުވަހުގެ މެންދަމު 01:30 ގައި ބާއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.
މި ބިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި މިހާރު އިންތިޚާބުކުރެވިފައިވާ ކައުންސިލްތަކުގެ ޢުމުރު
މިއަދަށް ހަމަވާއިރު، ކުރިން ބޭއްވުމަށް އިޢުލާނުކޮށްފައިވާ ”ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020“ ބޭއްވުމަށްޓަކައި ރައްކާތެރި މާހައުލެއް ޤާއިމުކުރެވެންދެން އިންތިޚާބު ފަސްކުރުމަށް ”ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020“ އިން ކަނޑައަޅާފައިވާތީ ދެން އަމަލުކުރާނެ ގޮތްތަށް ބަޔާންކޮށްފައިވާ ބިލެކެވެ.
މި ގޮތުން ރައީސް ތަސްދީޤުކުރެއްވި ބިލުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އާ މެންބަރުން އިންތިޚާބުވެ މަޤާމާ ހަވާލުވަންދެން ހޭދަވާ އިންތިޤާލީ މުއްދަތުގެތެރޭގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގައި ކައުންސިލްތަކުން ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

