ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ކޮށްލި ޓެސްޓެއް: ޑރ. ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

އަންގާރަ ދުވަހުގެ ރޭ ދަންވަރު މަޖިލިސް އެއްކޮށްގެން ޤާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ކޮށްލި ޓެސްޓެއް ކަމަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމްކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ޤާނޫނު އަސާސީ އިސްލާކުރީ އަޖުމަ ބެލުމުގެ ގޮތުން ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ހުޝިޔާރުވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޚާއްސަކޮށް ޤާނޫނު އަސާސީގައި ހުރި އިސްލާމީ އުސޫލުތަކާއި މެދު ސަމާލުވުން މުހިތްމު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ އަށް އިސްލާހު ގެނައީ އެނޫން މަގެއް އެކަމަށް ނުފެނި އަދި ސުޕްރީމް ކޯޓުގެ ލަފަޔާވެސް އެކުގައެވެ.

އެކަން ކުރީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާ އަށް އަކުރެއް އިތުރުކޮށް، އާ ކައުންސިލްތައް އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: