ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛް ޢަބްދުﷲ ރާބިޢު އައްޔަންކުރައްވައިފި

ފޮޓޯ:ޕީޖީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛް ޢަބްދުﷲ ރާބިޢު މިއަދު އައްޔަންކުރައްވައިފިއެވެ.

ޕީޖީ އޮފީހުން ހާމަކުރިގޮތުގައި މީގެ ކުރިން، އަލްއުސްތާޛް ޢަބްދުﷲ ރާބިޢު ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ.

މީގެ އިތުރުން، ޤާނޫނީ ދާއިރާއިން ޚިދުމަށްކޮށްދެއްވަން ފެއްޓެވީ 2009 ވަނަ އަހަރު ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައި ހުންނަވައިގެންކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

އޭރުއްސުރެ މެދުކެނޑުމެއްނެތި ޕީޖީ އޮފީހަށް ޚިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދަވާ
އަލްއުސްތާޛު ޢަބްދުﷲ ރާބިޢުއަކީ
ޕީޖީ އޮފީހުގައި މަސައްކަތްކުރައްވަން ތިއްބެވި ޤާނޫނީ ވަކީލުންގެތެރެއިން، އެންމެ ތަޖުރިބާ ގިނަ އެއްވަކީލުކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، އަލްއުސްތާޛު ޢަބްދުﷲ ރާބިޢު ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައިވަނީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިންކަމަށެވެ.

އަލްއުސްތާޛު ޢަބްދުﷲ ރާބިޢުއަކީ،ވިލާ ކޮލެޖުން ޝަރީޢާގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.

ހަމައެއާއެކު ޤާނޫނީ ދާއިރާއިން ގިނަ ޢަދަދެއްގެ ސެމިނާރތަކާއި، ޓްރެއިނިންގ ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މި ގޮތުން ބަލާއިރު ފޮރެންސިކް ސައިންސްގެ ދާއިރާއާއި،  ޖިންސީ ގޯނާގެ މައްސަލަތައް ތަހުޤީޤުކުރުމާބެހޭ ދާއިރާއާއި، އިންސާނީ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤާނޫނާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ހިމެނޭކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލުންގެ ގޮތުގައި މިހާރު ތިއްބެވީ އަލްއުސްތާޛް ޢަބްދުﷲ ރާބިޢުގެ އިތުރުން، އަލްއުސްތާޛް ޙުސެއިން ނާޝިދާއި، އަލްއުސްތާޛާ ޖިހާދާ އަނީސްއާއި، އަލްއުސްތާޛާ ޝަމްރާ ޝަމީމްކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: