ލޮކްްޑައުން އުސޫލުތަކާ ޚިލާފުވި 215 މީހުންނާމެދު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފިޔަވަޅު އަޅައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިރޭ ބުނީ، އަންގާރަ ދުވަހު ލޮކްޑައުންގެ އުސޫލުތަކާ ޚިލާފުވެ މަގުމައްޗަށް ނުކުމެ އުޅުނު 206 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި ލޮކްޑައުންގެ އުސޫލުތަކާ ޚިލާފުވެ، ކުށް ތަކުރާރުކުރި 06 މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނިގޮތުގައި އަންގާރަދުވަހު ޖޫރިމަނާކޮށްފައިވަނީ، މާލެއިން 202 މީހަކާއި، ހުޅުމާލެއިން 04 މީހެއްކަމަށެވެ. އަދި މާލެއިން 08 މީހަކު ހައްޔަރުކޮށްފައިވާއިރު، ހުޅުމާލެއިން ހައްޔަރުކޮށްފައިވަނީ އެކަކުކަމަށް ފުލުހުން ބުނެއެވެ.
https://twitter.com/PoliceMv/status/1268197007971086336?s=19
މި ގޮތުން، އަންގާރަދުވަހު ޖޫރިމަނާކުރި މީހުންނާއެކު، ޖޫރިމަނާކުރި މީހުންގެ ޖުމްލަ އަދަދު 6975 އަށް އިތުރުވެފައިވާއިރު، ޖުމްލަ 384 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

