ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުޤުޔާކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް ގެއްލުންދިންކަމަށް ތުހުމަތުކުރެވޭ މީހެއްގެ ޝިކާރައަށް އިތުރުބަޔަކު ވެފައިވޭތޯ ބަލަނީ

ފޮޓޯޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރުޤުޔާ ކުރުމުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން އެކިވަރުގެ ގެއްލުންދެމުން ދިޔަކަމަށް ތުހުމަތުކުރެވޭ މީހެއްގެ ޝިކާރައަކަށް އިތުރުބަޔަކު ވެފައިވޭތޯ ފުލުހުން ބަލަންފަށައިފިއެވެ.

މި ގޮތުން ފުލުހުން ތަޙުޤީޤުކުރަމުންދަނީ
ގދ. ފަރެސްމާތޮޑާގެ  މާތޮޑާއަވަށުގެ ބުޗާގެ، ޢުމުރުން 55 އަހަރުގެ މުޙައްމަދު ނަޞްރުﷲ ގެ މައްސަލައެއްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އޭނާއަކީ ރުޤުޔާ ކުރުމުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން  އެކިކަހަލަ ގެއްލުންދެމުންދިޔަ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހެއްކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަޙުޤީޤުގައި ބެލިބެލުމުން މުޙައްމަދު ނަޞްރުﷲގެ ފުށުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށް ވެފައިވާ އިތުރު ބަޔަކު ވެދާނެކަމަށް ބެލެވޭކަމަށެވެ.

މި ގޮތުން ފުލުހުންވަނީ މުޙައްމަދު ނަޞްރުﷲ ކިބައިން އެ ފަދަ އަމަލެއްގެ ޝިކާއަކަށްވެފައިވާ ފަރާތެއްވާނަމަ، ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792358 މެދުވެރިކޮށް މައްސަލައިގެ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: