ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތް ދަނީ ކުރިޔަށް އެކަން ނޭނގެނީ ފޮޓޯ ނުލާތީ، ދެން ފޮޓޯ ނަގާނަން: ނަހުލާ 

ކޮވިޑުގެ ތެރޭގައި ޓްރާންސްޕޯޓުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ދެކެވޭ ވާހަކަ: މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ނަހުލާ ހާޒިރު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ހާލަތާއި އެކު ޓްރާންސްޕޯޓު މިނިސްޓްރީގެ މަސައްކަތް ހުއްޓި، މިނިސްޓަރު ވެސް ގެއްލިއްޖެކަމަށް ދެކުމަކީ ކުށްހީއެއް ކަމަށާއި އެހެން އެވަނީ މަސައްކަތުގެ ”ފޮޓޯ އާއްމު ނުކުރާތީ“ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

 ކުރަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި ވުޒާރާތަކުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު އޮޅުންފިލުވުމަށް ކުރަމުންދާ މަސައްކަތުގެ އްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ނަހުލާ ވަނީ ހާޒިރުކޮށްފައެވެ. ނަހުލާ ކޮމިޓީއަށް ހާޒިރު ކުރިއިރު -19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި މިނިސްޓަރު ނަހުލާ ބައިވެރިވެރިވެވަޑައިނުގަންނަވާތީ ގިނަ ބަޔަކު ވަނީ  މިނިސްޓަރަށް ފާޑުކިޔުން ވެސް އާމާޒުކޮށްފައެވެ.

ކައުންސިލްތަކާއި މިނިސްޓަރު ނަހުލާ ބައްދަލު ނުކުރައްވާ ވާހަކައާއި، ކައުންސިލްތަކުން އެދޭ އެދުންތަކަށް މާ ބޮޑު އެއްބާރުލުމެއް ނުދެއްވާ މައްސަލައިގައި ނަހުލާ ވިދާޅުވީ ގިނަ ކައުންސިލްތަކާއި ވާނީ ބައްދަލުވެފައި ކަމަށެވެ. އަދި އޭނާއަށް އެނގިގެން ބައްދަލުނުވެ، ނުވަތަ ކަންބޮޑުވުން އަޑުނޭހި ގޮސްފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް، އެޕޮއިންޓްމެންޓުތައް ހަމަޖެހިފައި ހުންނަގޮތުން އެ ކައުންސިލަކުން އެދޭ ތާރީހެއްގައި ބައްދަލުނުވެ ހިނގައިދާނެކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، މިނިސްޓްރީގެ ޒިންމާ އަދާކުރާކަމަށާއި މަސައްކަތެއް ނުކުރާހެން ހީވަނީ ބައްދަލުވުންތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ނުލާތީހެން ހީވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ކުރާ މަސައްކަތް އާއްމުންނަށާއި މެމްބަރުންނަށް ފެންނަހެން ފޮޓޯތައް އާއްމު ކުރާނެ ކަމަށެވެ.

ނަހުލާ ވިދާޅުވީ، އޮފީހަށް ނިކުމެ މަސައްކަތްތައް ނުކުރިޔަސް މިނިސްޓްރީގެ މަސައްކަތް ވަރަށް ބުރަ ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ކުރަނީ ގޭގައި ހުންނަވައިގެން ކަމަށެވެ. އެގޮތުން ފްލައިޓުތައް، ލޭންޑުކޮށް، ޓޭކްއޮފް ކުރުމާއި ހަމައަށް ހުރިހާ ކަމެއް ބައްލަވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

”ޓްރާންސްޕޯޓާއި ސިވިލް އޭވިއޭޝަންއަކީ، އަޅުގަނޑުގެ ޒިންމާގެ ދަށުގައި ވާ ތަނަކަށް ވީ ހިނދު ހާއްސަކޮށް ސިވިލް އޭވިއޭޝަންއަކީ 24 ގަޑިއިރު މަސައްކަތް ކުރަންޖެހޭ ތަނެއްގެ ގޮތުގައި ފާހަގަކުރަން. އެގޮތުން އޮފީހަށް ނާދެވި ގޭގައި ވެސް މަސައްކަތް ކުރަން ޖެހިފައިވަނީ 24 ގަޑިއިރުގައޭ އަޅުގަނޑު ދަންނަވާނީ. ގިނަ ރޭރޭ މަސައްކަތް ކުރެވިފައި ހުންނާނެ 3 ޖަހާއިރު ވެސް، 4 ޖަހާއިރު ވެސް ނޫނީ 5 ޖަހާއިރުވެސް. އަނެއްކާ ހެނދުނު 07 ޖަހާއިރު މަސައްކަތަށް. ފްލައިޓުތައް ޖެއްސުމާއި އައުމާއި މީ ހަމަ ބަލަމުން ގެންދާ ކަންތައް“ ނަހުލާ

ފޮނަދޫ ދައިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ކައުންސިލްތަކުން ބައްދަލުކުރުމަށް އެދުމުން ވެސް، ނަހުލާ ބައްދަލު ނުކުރައްވާ ސަތޭކައެއްހާ ކައުންސިލް ވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް، މަޒާޖީ ގޮތެއްގައި އެ ސުވާލަށް ޖަވާބު ދެއްވާ ނަހުލާ ވިދާޅުވީ، އެ މަސައްކަތް ދެން ކުރިޔަށް ގެންދާނީ މެމްބަރުންނަށް ވެސް ފެންނަހެން ފޮޓޯތައް ވެސް ނަންގަވާފައި ކަމަށެވެ.

”ދެން އަނެއްކާ އަޅުގަނޑު ދަންނަވަން ޖެހޭނީ އަޅުގަނޑަށް ހުރިހާ މީޓިންތަކުގެ ފޮޓޯ ނުނެގުނީމާ ވީގޮތް ކަންނޭނގެ އޭމީ. ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް އަޕްޑޭޓް ކުރަމުންދާނަން“ ނަހުލާ

ޓެކްސީ ޑަރައިވަރުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ކޮމިޓީގައި ނަހުލާ ވިދާޅުވީ، އަމަލު ކުރަމުން އައީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ކަމަށެވެ. އަދި ލޮކްޑައުންނާއި އެކު، ޓެކްސީ ނުކުރެވޭނެކަން އޭގެ ތެރޭގައި ހިމަނާފައި އޮތް ކަމަށެވެ. އެހެން ނަމަވެސް، ލޮކްޑައުންއަށް ދިން ލުއިތަކުގެ ތެރޭގައި ކޮންމެ ޓެކްސީ ސެންޓަރަކުން ވެސް ހަ ޓެކްސީ ދުއްވޭގޮތަށް ބަދަލު ގެނައި ކަމަށާއި އެހެން ނަމަވެސް ޓެކްސީ ސެންޓަރުތަކުން އެކަމާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް މިނިސްޓްރީއަށް ހުށަހެޅުމުން ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކޮށް އެ އަދަދު 10 އަކަށް އިތުރު ކުރި ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވެފައިވަނީ، ދިމާވެފައިނީ ނުރައްކާތެރި ހާލަތެއްކަމަށާއި މަސައްކަތް ކުރަންޖެހޭނީ އެންމެގެ ވެސް ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެންކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. މަސައްކަތްތައް މަޑުޖެހިފައިވަނީ ކޮވިޑުގެ ސަބަބުންކަމަށް ވީ ނަމަވެސް ރައީސް ސޯލިހް ޓްރާންސްޕޯޓު މިނިސްޓްރީއާއި ހަވާލުކުރައްވާފައިވާ ޒިންމާތަކާއި އަދި ފުރަތަމަ 100 ދުވަހުގެ ވައުދު ފުރިހަމަވެފައިވާކަމަށް ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވާން އެކި ފަހަރު މަތިން އެންގުމުން ވެސް ހާޒިރު ވެފައި ނުވާތީ އެ މައްސަލަ ވެސް މަޖިލީހުގެ ތެރޭގައި ހޫނުވެގެން ދިޔައެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: