ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު ގޮވައިގެން މޯލްޑިވިއަންގެ ފްލައިޓެއް މިއަދު ފުރައިފިއެވެ.
މޯލްޑިވިއަންއިން މިއަދު ހާމަކުރިގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝްގެ ޑާކާއަށް ދިޔަ ފްލައިޓް 6502 Q2 ގައި، ގެންގޮސްފައިވަނީ އެ ޤައުުމުގެ 200 ރައްޔިތުންނެވެ.
https://twitter.com/MaldivianAero/status/1268811157135077377?s=19
ކޮވިޑް-19 އާއި ގުޅިގެން، ރާއްޖޭގައި ތިބި ބިދޭސީން، އެ މީހުންގެ ޤައުމުތަކަށް ގެންދިއުމުގެ ހަރަކާތުގެތެރެއިން، މީގެ ދެ ދުވަސްކުރިން ވެސް ބަންގްލަދޭޝްގެ 200 މީހަކު އެ ޤައުމަށް އަނބުރާ ގެންގޮސްފައިވެއެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުވަނީ އިންޑިއާގެ 342 މީހަކު ވެސް، އެ ޤައުމަށް އަނބުރާ ގެންގޮސްފައެވެ.
މިކަމާއި ގުޅިގެން ރާއްޖޭގއި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ، ރާއްޖޭގެ އެކިއެކި ކުންފުނިތަކުގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންތަކެއް ބުރާސްފަތި ދުވަހު އެ ޤައުމުގެ އެއަރލައިނެއްކަމަށްވާ އިންޑިގޯގެ ފްލައިޓެއްގައި 342 މީހަކު އަނބުރާ ޤައުމަށް ފޮނުވާލެވިފައިވާ ކަމަށެވެ.
އަދި މި 342 މީހުންނާއެކު މިހާތަނަށް އެ ޤައުމުގެ 2000 މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް ވެސް ހާމަކޮށްފައިވެއެވެ.

