ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަސަން ލަތީފް އިމްރާނަށް: ތިއީ ރައްޔިތުންގެ ތާއީދެއް އަދި މަޖިލީހުގައި އެއްވެސް ހައިސިއްޔަތެއް ނެތް ޕާޓީއެއް!

މަޖިލިސް ހަމަނުޖެހުންތަކާ ގުޅިގެން ފުލުހަށް ހުށަހެޅުނު މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގުކުރާނެކަމަށް ވިދާޅުވުމުން ހަސަން ލަތީފްގެ ނުރުހުން އިމްރާނަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ކުޑަވެސް ތައީދެއް ނެތް އަދާލަތު ޕާޓީއަށް މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ލިބިފައިނުވާއިރު، ތަޅުމުގައި ހިނގާ ކަންތަކުގެ ތެރެއަށް ވަނުމުގެ ވިސްނުން އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީ އިސްލާހުކޮށް ވޯޓަށް އެހުމަށް ބޭއްވި ޖަލްސާގެ ތެރޭގައި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަޝު ޝިޔާމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ ޖަލްސާ ކުރިޔަށް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅުއްވާފައެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 01:30 ގައި ބޭއްވި އެ ޖަލްސާ ހޫނުވެގެން ދިޔައީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް އަމާޒުކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވުމުންނެވެ.

ޝިޔާމް ވަނީ ޖަލްސާ ކުރިޔަށް ގެންދަނީ ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށް ވިދާޅުވެފައެވެ. ނިޒާމީ ނުކުތާއެއް ނަންގަވަން ޝިޔާމް މަސައްކަތް ކުރެއްވި ގާނުނު އަސާސީ އިސްލާހު ކުރުމުގައި އިދިކޮޅުގެ އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި، އަދި ޕީޕީއެމާއި ޕީއެންސީއަށް ނިސްބަތް ވާ މެމްބަރުން އަމަލު ކުރީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވުމުންނެވެ.

ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމާއި އެކު ރައީސް ނަޝީދު ވަނީ، އޭނާގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނިކުތުމަށް އެދިފައެވެ. ނަމަވެސް ޝިޔާމް އެކަމަށް ދެކޮޅު ހެދުމުން ރައީސް ނަޝީދުގެ އިޝާރާތަކަށް އެމްޑީޕީގެ މެމްބަރުން ވަނީ ޝިޔާމް ވަށާލައި މަޖިލީހުގެ ތެރެއިން އޭނާ ގަދަކަމުން ނެރުމަށް މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ޝިޔާމްއަށް އަނިޔާވީއިރު މެމްބަރުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ. އެހެން ނަމަވެސް މެމްބަރުންގެ މެދުގައި އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ ހަޑިހުތުރު ބަސްތައް ބޭނުންކޮށް އަޑުގަދަ ކުރިއެވެ.

މި މައްސަލަ އިދިކޮޅުގެ ފަރާތުން ވަނީ ފުލުހަށް ވެސް ހުށަހަޅާފައެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އިމްރާން ވިދާޅުވެފައިވަނީ މަޖިލިސް އިދާރާގައި ހިނގައި ދިޔަ ކަންކަން ފުލުހުންނަށް ހުށައަޅާފައި ވާއިރު، އެކަންކަން އިންސާފުވެރިކަމާއެކު އެމައްސަލަތައް ބަލައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ މުޢައްސަސާތައް މިނިވަންކަމާއިއެކު ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަނުން އެއީ އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ.

https://twitter.com/HassanLatheef/status/1268798299873705984

އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވީ އަދާލަތަކީ އެއްވެސް ދާއިރާއަކުން ރައްޔިތުންގެ ތާއީދު މަޖިލީހުގެ ތެރެއިން ލިބުނު ޕާޓީއެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ ”އެންމެ ގޮނޑިއެއް ހާ މިންވަރު ވެސް“ ކާމިޔާބު ނުވި ޕާޓީއެއްކަމަށްވެ. އެހެން ކަމުން މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމްތަކަގު ތެރެއަށް ވަނުމުގެ ވިސްނުމެއް އިމްރާންގެ ހުރެގެން ނުވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކުގައި ނައިފަރު ދާއިރާގޭ މެމްބަރު ޝިޔާމްގެ މޭކަށިގަނޑުގައި ރެނދުލާފައިވާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ޖަލްސާގައި ހިނގައިދިޔަ ކަންތަކާއި ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް އާއްމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެގެން ދިޔައެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: