ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތައް ގެނެސް ތަންފީޒުވާ މިންވަރު ބެލުމަކީވެސް މެމްބަރުންގެ ޒިންމާއެއް: ޒިޔާދު

ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުތައް ފާސްކުރުމަށްފަހު އެ ގާނޫނެއް ތަންފީޒުވަމުންދާ މިންވަރު ބަލައި، ގާނޫނަށް އަމަލު ނުކުރާނަމަ އަޅާނެ ފިޔަވަޅުތަކެއް ހޯދުމަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާއެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްސާނީ ސިއްހަތާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، ރާއްޖޭގައި ނަފްސާނީ ބަލިތަކުގެ ހާލަތު އޮތް ގޮތުން މިފަދަ ބިލެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ބިލު ދިރާސާކުރާ ކޮމިޓީ މަރުހަލާގައި ބަލި މީހުންގެ އާއިލާތަކާއި، ޑޮކްޓަރުން އަދި މަދަނީ ޖަމިއްޔާތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ، މި ބިލަކީ ހަމައެކަނި ނަމެއްގައި ނުވަތަ ޓައިޓަލްއެއް ހޯދުމުގެ ނިޔަތުގައި ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. ފުރިހަމަ މާނައިގައި މިފަދަ ކަމެއް ކުރާނަމަ ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ގާނޫނު ހެދުމަށްފަހު އެ ގާނޫނު ތަންފީޒުވެ އަމަލުކުރާ މިންވަރު މަޖިލީހުންވެސް މޮނިޓާކޮށް ބަލަންޖެހޭނެ ކަމަށެވެ. އަދި އަމަލުނުކުރާ ހާލަތްތަކުގައި ދެން އަޅާނެ ފިޔަވަޅުތަކާމެދުވެސް މަޖިލީހުން ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީ މަރުހަލާގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޒިޔާދު ވިދާޅުވީ، ކޮމިޓީ މަރުހަލާއަށް ދާއިރު އެ ދާއިރާގެ އިލްމު ހުރި މާހިރުންގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށެވެ. އަދި އެހެން ބިލުތަކާ ހިލާފަށް މި ބިލުގެ މަސައްކަތް ފުރިހަމައަށް ނިންމާލުން މުހިންމު ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއްގެ ގޮތުގައި އޮތް ނަފްސާނީ ހޮސްޕިޓަލް ގާއިމުކުރުން ފަދަ މި ބިލާ ގުޅިފައިވާ އެތައް ކަމެއް ހުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މީގެކުރިން މަޖިލީހުން ވޭޕް މަނާކުރުމަށް ގާނޫނު ހަދައި، އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ޖެނެރޭޝަން ބޭންއެއް ގެނައި ނަމަވެސް، އެކަންކަން ތަންފީޒުވަމުންދާ މިންވަރު ބެލެމުން ނުދާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ހަމައެއާއެކު، ނަފްސާނީ ސިއްހަތުގެ ދާއިރާއިން ތަމްރީނު ލިބިފައިވާ މީހުން ރާއްޖޭގައި މަދުވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި، މިފަދަ ސިއްހީ ފަރުވާ ހޯދުމުގައި އެންމެ ބޮޑު ދަތިކަމަކާއި ތަކުލީފެއް އުފުލަން ޖެހެނީ އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: