ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހދ.އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ 03 އޮޕަރޭޝަނެއްގައި، 03 މީހަކު ހައްޔަރުކޮށްފި

ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޮލިސް ސަރވިސް އިން، ހދ.އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ 03 އޮޕަރޭޝަނެއްގައި، 03 މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި،  ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި، 57 އަހަރުގެ މީހެއްގެ އިތުރުން، 38 އަހަރުގެ ދިވެހި ތިން ފިރިހެނުންކަމަށެވެ.

އޭގެތެރެއިން 33 އަހަރުގެ މީހާއާއި، 57 އަހަރުގެ މީހާއަކީ، ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އާދިއްތަ ދުވަހު ހައްޔަރުކޮށްފައިވާ 02 މީހުންކަމަށް ފުލުހުން ބުނެއެވެ.

މި ގޮތުން، އެ ދެ އޮޕަރޭޝަނުގައި، 33 އަހަރުގެ މީހާ ހައްޔަރުކޮށް ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 24 ސެލޯފިންކޮޅު ފެނިފައިވާކަމަށާއި، 57 އަހަރުގެ މީހާ ހައްޔަރުކޮށް ބެލި ބެލުމުގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ 07 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި، 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އެ އަތޮޅު ހަނިމާދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ގޮތުން، ކުޅުދުއްފުށިން ހަނިމާދުއަށްދިޔަ ލޯންޗަކުން ފައިބައިގެން އޭނާ ދިޔަ މަގުމަތީގައި  ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއް އަޅާފައިވާ ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

މި ދެ މައްސަލަ މިހާރު ތަޙުޤީޤުކުރަން ފަށާފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: